ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީތަކުގެ މެދުގައި އަބަދު ބަހުގެ ހަމަލާ ބަދަލުކުރުމަކީ ގޯހެއް: މައުމޫން

ފޮޓޯ: އެމްއާރުއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޙިޔާލު ފާޅުކުރުމުގެ ނަމުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި މެދުކެނޑުމެއްނތި ބަހުގެ ހަމަލާދިނުމަކި ވަރަށް ނުރައްކާތެރިކަމެއްކަމަށާއި، އަދި އެކަމުގެ ނަތީޖާ ރަނގަޅު ނުވާނެކަމަށް ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ އިންތިޤާލީ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިމުން ފާހަގަކުރުމަށް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސުކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، އެމްއާރުއެމް ވާނީ ހުރިހާ ޕާޓީއަކާއިވެސް ގުޅޭ އެކުވެރިއެއް ކަމަށެވެ. އަދި ޕާޓީތަކުގެ މެދުގައި ހިޔާލުތަފާތުވުން އޮތުމަކީ މައްސަލައެއް ނޫންކަމަށާއި، ނަމަވެސް ޕާޓީތަކުގެ މެދުގައި އެއްބަސްވެވޭ ކޮމަން ގްރައުންޑެއް އޮންނަންޖެހޭ ކަމަށް ޤަބޫލުކުރައްވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އެއް ތަނބުކަމަށާއި، އެހެން ކަމުން ޙިޔާލުފާޅުކުރުމަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިގެން ނުވާނޭކަމަށެވެ.

”ޕާޓީތަކުގެ މެދުގައި ޚިޔާލުތަފާތުވުން އޮތްނަނަމަވެސް އެންމެންގެ މެދުގައި ބައިވެރިވުން އޮންނަ ވަކި ސަރަހައްދެއް ކޮމަން ގްރައުންޑެއް ހޯދިދާނެ، ޕާޓީތަކުގެ މެދުގައި އެންމެން ހިއްސާކުރާ ވަކި ކޮމަން ގްރައުންޑެއް އޮތުމަކީ މުޅި ގައުމަށް ހަމަޖެހުން ގެނެސްދޭނެ ކަމެއްކަމުގައި އަޅުގަނޑުމެން ގަބޫލުކުރަން. ކޮމަން ގްރައުންޑެއް އޮތުމަކީ މުޖުތަމައުގެ ސަލާމަތަށް ރަނގަޅު ކަމެއްކަމަށް ދެކެން“

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ބައިވެރިވެ ވަޑައިގެން މި ޖަލްސާގައި ރައީސް މައުމޫނު ވަނީ ކޯލިޝަން ދެމެހެއްޓުމަށް ރައީށް ޞާލިހު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަސް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ. އެގޮތުން އެމްއާރުއެމްގެ މިފަދަ ޖަލްސާއަކަށް ރައީސް ޞާލިހު ވަޑައިގަތުމުން ރައީސް ޞާލިހު އެމްއާރުއެމްއާއި ބަހައްޓަވާ ގާތްގުޅުން ހާމަވާކަމަށްވެސް ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން އިތުރަށް ވިދާޅުވީ، އެމްއާރުއެމް އަކީ މިންތީގެ ހަމަހަމަކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ޕާޓީއެއް ކަމަށެވެ. އެގޮތުން ޕާޓީގެ ކޮންމެ ޚަރަކާތެއްގައިވެސް މިންތީގެ ހަމަހަމަ ކަން އޮންނާނެކަމަށް ވިދާޅުވިއެވެ. އަދި ޒުވާނުންނަށް އިސްކަން ދިނުމުގެ ގޮތުން ޕާޓީގެ ކޮންމެ ގުނަވަނެއްގައިވެސް 30 އަހަރުން ދަށުގެ ޒުވާނުންނަށް 25 އިންސައްތަ އޮންނާނޭކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މައުމޫން އިސްވެ ހުންނަވައިގެން އެމްއާރުއެމް ޕާޓިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ނިންމީ ޕީޕީއެމް އެމަނިކުފާނަށް ގެއްލި، ކޯތު މަރުހަލާގައި ކާމިޔާބުވެދާނެ ކަމުގެ ޔަޤީންކަން ނެތުމުންނެވެ. މިއީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި 3 ވަނަ ޕާޓީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: