ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މިނިވަން ކުރުމަށް އަމަލީ ގޮތުން މަސައްކަތް ކުރާނަން : ޑރ ޝަހީމް

ޑރ. ޝަހީމް ރައީސް ޔާމިން އަރިހުގައި... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޔާމިން މިނިވަންކުރަން ޤާނުނީ ގޮތުން ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމިންގެ ރަނިންމެޓެއްގެ ގޮތުގައިވެސް ހުންނެވި ޑރ. ޝަހީމް މިފަދައިން ވިދާޅުވީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

ރައީސްޔާމިންގެ މައްޗަށް މަނީލޯންޑަރ ކުރިކަމުގެ ކުއް ސާބިތުވެ 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ 5 މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު ޑރ.ޝަހީމް ވަނީ ރައިށް ޔާމިންގެ އާއިލާއަށާއި ޕީޕީއެމްގެ ސަޕޯޓަރުންނަށް ކެތްތރިކަމަށް އެދިފައެވެ.

ޑރ ޝަހީމް ވިދާޅުވީ ރައީސް ޔާމިން މިނިވަން ކުރުމަށް ޤާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއްގައި އެއްބާރުލުން އަމަލީ ގޮތުން ދެއްވާނެ ކަމަށެވެ.

ރައީސް ޔާމިންގެ މައްސަލަ އިސްތިއުނާފަށް ލުމުގެ މަސައްކަތް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ކުރަމުން އަންނަ އިރު ޑރ ޝަހީމް ވަނީ އިސްތިއުނާފު މަރުހަލާގައި ކާމިޔާބީއަށް އެދިފައެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކޮށް ފަސް ގާޒީންގެ ބެންޗުން ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން ލޯންޑާ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ، ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.

ރައީސް ޔާމިންއަށް މިއަދު ކުރި ހުކުމަކީ ސައްހަ ނޫން އަދި ބާތިލް ހުކުމެއް ކަމަށް ބުނެ ޕީޕީއެމްގެ ލީޑަރޝިޕުން ވަނީ ކުރިމިނަލް ކޯޓު ސަރަޙައްދެއް އެއްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: