ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ ރައީސްކަން ގެއްލި، 2023 ވެސް ގެއްލިއްޖެ!

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް.... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމަކީ، މި ދިވެހިރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ 5 ވަނަ ރައީސްއެވެ. ފަސް އަހަރު ދުވަހުގެ ދައުރަކަށްފަހު ވެރިކަމުން ވަކިވެވަޑައިގަތީ ދެވަނަ ދައުރަކަށް، ރައްޔިތުން ނޫނެކޭ ބުނުމުންނެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ގެންނެވި ތަރައްޤީއާއި ތަމައްދުންގެ ވާހަކައަށް ދެބަސްވާ ބަޔަކު މަދެވެ. ގިނަ ރައީސުންނާއި ޚިލާފާށް ”ވެރިކަމަށް އައިސް ކޮށްދިނީ ކީއްހޭ“ އެމަނިކުފާނާއި ދިމާއަށް ބުނެވޭކަށް ނެތެވެ. މި ޤައުމު މިހާތަނަށް ދުށް ތަރައްޤީގެ މަންޒަރު ބަދަލުކޮށްލި ރައީސަކީ ރައީސް ޔާމިންއެވެ.

ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލޭ ދެ ވަަނަ ފޭސްގެ މަސައްކަތުން ފެށިގެން މާ ކަނޑުގެ މެދުގައި އަޅާފައިވާ، ސިނަމާލެ ބްރިޖަށް ބަލާލިއަސް ފެންނަން ހުރީ ހައްތަހާވެސް ތަރައްޤީގެ ކުލަތަކެވެ. ބިޔަ ބޮޑު އުމްރާނީ ތަރައްޤީގެ ޕްރޮޖެކްޓަށް ގެނެސް މި ރާއްޖޭގެ އުމްރާނީ ޗާޓު ބަދަލުކުރުމުގެ މަސައްކަތް ފެއްޓެވިއެވެ.

އެހެންނަމަވެސް އެ މަނިކުފާނަށް ލިބުނު ތައުރީފާއި އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް އަމާޒުވި ފާޑުކިޔުމެއް އޮތެވެ. އެއީ ތަރައްޤީއަކީ ކޮންކްރީޓް ނޫންކަމުގެ ވާހަކައެވެ. އެ ތަރައްޤީއާއި އެކު އަޑި ނޭނގޭ އެތައް ކަމެއް ހިނގާކަމުގެ ތުހުމަތު އެމަނިކުފާނަށް ކުރެވުނެވެ.

ކޮރަޕްޝަނާއި ފަސާދައާއި އޮޅުވާލުން ސަރުކާރުގެ އެތެރެއާއި ބޭރުވަރީގައި ހިނގާ ކަމާ، އެކަމުގައި ރައީސް ޔާމީންގެ ބައިވެރިވުން އޮތްކަމަށް ބުނެ ދެއްކި ވާހަކައިގެ އަޑު ދުވަހަކަށްވުރެ ދުވަހެއްވީ އިތުރެވެ. އޭގެތެރެއިންވެސް އެންމެ ބާރަށް އެންމެ އަޑު ހަރުކޮށް ދެއްކި ވާހަކައަކީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ވާހަކައެވެ.

އެމްއެމްޕީއާރްސީގެ ފައިސާއަށް ޚިޔާނަތްތެރިވެ، ރައީސް ޔާމީންގެ ސަރުކާރުގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު ތިއްބެވީ މާ ކުރީއްސުރެން މި މައްސަލައިގައި ޖަލުގައެވެ. އެ ދެބޭފުޅުން ޖަލަށްލީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ހަގީގަތަކީ އަދިވެސް އޭގެ އަޑި ނޭނގޭ ވާހަކައެކެވެ. އެ ޚިޔާނާތުގެ ފައިސާއަށް ވީގޮތުގެ ވާހަކައަކީ ބޮޑު ގޮހޮޑާ ވާހަކައެކޭ ތަފާތެއް ނެތެވެ. އެކަމަކު އެވާހަކަ އިތުރު ދުވަހަކަށް ބާއްވާނަމެވެ.

މި ފާހަގަކުރި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ހަގީގަތް ރައީސް ޔާމީންއަށް އެނގޭނެ ކަމާ، އެކަމުގައި އަޑި ނޭނގޭ އެތައް ކަމެއް ހުރި ކަމަށް އަޑުތައް އޮތީ ފެތުރިފައެވެ.

ހުކުމް އިއްވުމުގެ ޝަރީޢަތުގެ މަޖިލީހުގައި ރައީސް ޔާމިން މާޔޫސްވެވަޑައިގެން…

ކޮންމެއަކަސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބީވުމާއި ހަމައިން ރައީސް ޔާމީންއަށް ގެއްލުނީ ހަމައެކަނި ވެރިކަމެއް ނޫނެވެ. އޭރު ވެރިކަމަށް އައި އިދިކޮޅު ކޯލިޝަންގެ އެންމެ ބޮޑު ރިޔާސީ ވައުދަކީ ރައީސް ޔާމީންެ އިންސާފުގެ ކުރިމައްޗަށް ހާޒިރުކުމެވެ. ރައީސް ޔާމީންގެ ސަބަބުން އަނިޔާ ލިބުނުކަމަށް ބުނާ އެތައް ބަޔަކު މި ވެރިކަމާ ބައިއަތު ހިފި އެއް ސަަބަކީވެސް އެއީއެވެ.

އެހެންކަމުން ވެރިކަން ބަދަލުވުމުން ރައީސް ޔާމީންއަށް ޝަރީއަތުގެ މަގު ދައްކާނެ ކަން އެއީ ކަނޑައެޅިގެން އޭރުވެސް އެނގި ހާމަވީއެއްކަމެވެ. ރައީސް ޔާމީންގެ މައްޗަށް ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރިއެވެ. ހިންގި ބޮޑެތި މަޝްރޫއުތަކުން ފައިދާ ހޯއްދެވި ވާހަކައާއި އަމިއްލަ އެކަައުންޓަށް ދައުލަތުގެ ފައިސާ ވަންނަ ވާހަކަވެސް މީގެ ތެރޭގައިހިމެނެއެވެ. ވެރިކަން ބަދަލުވުމަށް ފަހު ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާކަށް މާކަ ގިނަ ދުވަހެއް ނުނަގައެވެ.

މަނީލޯންޑަރިންގެ ދައުވާ އުފުލާ، އެ ދައުވާ ސާބިތުވީ ހިސާބުން ރައީސް ޔާމީންގެ މުޅި ސިޔާސީ ހަޔާތް ބަދަލުވީއެވެ. ކްރިމިނަލް ކޯޓުން މިވަނީ ރައީސް ޔާމީންއަށް 5 އަހަރުގެ ހުކުމެއްކޮށް، 5 މިލިއަން ޔޫއެސް ޑޮލަރު ދިނުމަށް ހުކުމްކޮށްފައެވެ.

މިއާއި އެކު އެންމެ ފުރަތަމަ ރައީސް ޔާމީންއަށް ގެއްލެނީ އެމަނިކުފާނު އެ ޕާޓީއެއްގެ ބާރުވެރިކަން ހޯދަން އެތައް ދުވަހެއް އިންތިޒާރު ކުރި ޕީޕީއެމްގެ ރައީސްކަމެވެ. އެ ޕީޕީއެމްގައި އުފެދުނު ހައިޖާނަކީ އެމަނިކުފާނު ވެރިކަމުގެ ނިމުން ފެށުނު ހިސާބެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ޕީޕިއެމްއާއި އެރުގެ ސަރުކާރުގެ ނިންމުން ބޮލާލާ ޖެހުމުން ޤާނޫނު ހަދާ މަޖިލީހުގައި އޮތް ބާރު ބޭނުންކޮށްގެން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ބަދަލު ގެނެސް އެ 12 މެމްބަރުން ބޭރުކުރިއެވެ.

ޕީޕީއެމްގެ އޭރުގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ޕާޓީގެ ރައީސްކަމުގެ މަޤާމުން ވަކިކޮށް، ޕާޓީ ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ދިޔައެވެ. އެ ޕާޓީގެ ބާރު ރައީސް ޔާމީންއަށް ލިބުނީ ޝަރުޢީ މަރުހަލާގައި ގަނަތެޅޭތާ ދޮޅު އަހަރުފަހުންނެވެ.

އެހެންނަމަވެސް އެހާ މަސައްކަތުން ހޯދި ޕާޓީގެ ރައީސްކަން ގެއްލެނީ ކީއްވެގެންކަން އެނގުން މުހިއްމެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނައި ބަދަލެއްގެ ސަބަބުންނެވެ. އެ ބަދަލްގައި ވާގޮތުން އެކު ރައީސް ޔާމީންއަށް މަނީ ލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީންއަށް ހުކުމްކުރުމުން އެމަނިކުފާނަށް ޕީޕީއެމްގެ ރައީސްކަން ގެއްލުނީއެވެ.

އެހާހިސާބުން ނިމުނީކީ ނޫނެވެ. އިސްވެ އިޝާރާތްކުރި ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ރައީސް ޔާމީންގެ ޒައާމަތުގައި ގެންނެވި އިތުރު ބަދަލެއްވެސް އޮތެވެ. އެއީ ވަކިވަރަކަށް ވުރެ ދިގު ހުކުމެއް ކޮށްފި ނަމަ ވެރިކަމަށް ކުރިމަތި ނުލެވުމެވެ. އެ ބަދަލްގައިވާގޮތުން ނަމަ ރައީސް ޔާމީންއަށް 2023 ބިލާހަކަށްވީއެވެ. އެެހެންނަމަވެސް ރައީސް ޔާމީންއަށް ކުރި ހުކުމް އިސްތިއުނާފްކުރުމުގެ މަރުހަލާ އަދި ކުރިއަށް އޮތީއެވެ.

މިހާރު އޮތް ގޮތުން ނަމަ އެކަމަނިކުފާނު މިނިވަންވާނީ 2024 ވަނަ އަހަރުއެވެ. 20123 ވަނަ އަހަރަކީ ރިޔާސީ އިންތިހާބު ބާއްވާނެ އަހަރެވެ. އެހެން ކަމުން ރިޔާސީ އިންތިހާބު ބާއްވާ އިރު ރައީސް ޔާމިން ހުންނަވާނީ ޖަލުގައެވެ.

މިވަގުތަށް ބަލާލާނަމަ، 5 އަހަރުގެ ދުވަހުގެ ވެރިކަމަކަށްފަހު، 5 ވަނަ ރައީސް، ޔާމީންއަށް ކްރިމިނަލް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން، 5 މިނިޓުތެރޭގައި އިއްވި 5 އަހަރު ދުވަހުގެ ހުކުމާއި އެކު، އެމަނިކުފާނުގެ ސިޔާސީ ކުރިމަގު ފަސްލައިފިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: