ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާ މިހާތަނަށް 13000 މީހުން ސޮއިކޮށްފައިވޭ: މުންދު

ރައީސް ޔާމީން ސަޕޯޓަރުންނާއި އެކު: ފޮޓޯ ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ، އެކުލަވާލާ ޕެޓިޝަންގައި މިހާތަނަށް 13000 މީހުން ސޮއިކޮށްފައިވާ ކަމަށް، ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން އުފުލި މަނީ ލޯންޑަރިންގެ ދަޢުވާ ސާބިތުވުމާއި ގުޅިގެން ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ސަންގަށް މައުލޫމާތު ދެއްވަމުން

މުންދު ވިދާޅުވީ އަންނަ މަހުގެ ތެރޭގައި އެ ޕެޓިޝަން ހުށަހަޅާނެކަމަށެވެ. އެ ޕެޓިޝަންއަށް ލިބެމުންދާ ތަރުޚީބަށްޓަކާ އާއްމުންނަށް ޝުކުރު އަދާކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.  ރައީސް ޔާމީންގެ ޙުކުމާއި ދެކޮޅަށް ތައްޔާރު ކުރަމުންދާ ޕެޓިޝަން ކަމާބެހޭ ހުރިހާ އިދާރާތަކަށްވެސް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”އާދެ  މި ޕެޓިޝަންގައި ސޮއި ކުރުމުގެ ކަންކަން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުރިއަށް އެބަދޭ އިނގޭތޯ. އަދި މިކަމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެ. އަޅުގަނޑުމެން އުއްމީދު ކުރިވަރަށް ވުރެ މާ ރަނގަޅު ތަރުޚީބެއް ދަނީ ލިބެމުން މިކަމަށް. ރައީސް ޔާމީން ހައްޔަރުކުރުމުން އާއްމުންގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތްކަން މިކަމުންވެސް މި އެނގެނީ.“

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވާ އިރު އެއީ ސިޔާސީ ހުކުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

މީގެ ކުރިން އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމަށް ފަހު، އެ މައްސަލަ ބެއްލެވި ފަސް ގާޒީންގެ ބެންޗުން ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން ލޯންޑާ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ، ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ގިނަ ނުކުތާތަކެއް ފަސް ފަނޑިޔާރުންގެ ބެންޗުން ވަނީ ފާހަގަ ކޮށްފައެވެ. 

އެގޮތުން ޝަރީޢަތުން ފާހަގަ ކޮށްފައިވާ ގޮތުގައި އެމްއެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ ހޯދަންޖެހޭ ކަމާއި، ރައީސް ޔާމީންގެ އެކައުންޓަށް ޖުމްލަ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ ޗެކަކުން ފައިސާ ޖަމާކޮށްފައިވާކަމަށެވެ.އަދި އެ ފައިސާއިން މަންފާ ހޯދުމަށް އެމްއައިބީގައި އޮންނަ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާކަން ޝަރީޢަތުން ވަނީ ފާހަގަ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: