ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާގައި ހުރި ކުއްޖަކު ބަލިވެއިނުން: ރައީސް އޮފީހުގައި ޖެންޑަރ މިނިސްޓްރީއާއިއެކު ކުއްލި ބައްދަލުވުމެއް ބާއްވައިފި

ކުޑަކުދިންގެ ހިޔާގައި ހުރި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ބަލިވެއިން މައްސަލަ ----
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ ހިޔާގައި ހުރި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ބަލިވެއިންކަމުގެ އަޑުތަކެއް ފެތުުރިފައިވާއިރު މިއަދު ޖެންޑަރ މިނިިސްޓްރީއާއި އެކު ކުއްލި ބައްދަލުވުމެއް ރައީސް އޮފީހުގައި ބާއްވާފައިވާ ކަމަށް ސަންގަށް ކަށަވަރުވެއްޖެއެވެ.

ސަންގަށް މައުލޫމާތު ލިބިފައިވާ ގޮތުގައިރައީސް އޮފީހުގައި ޖެންޑަރ މިނިސްޓްރީއާއި އެކު ބޭއްވި ބައްދަލުވުމަކީ ބަލިވެއިން ކުއްޖާއާއިގުޅިގެން ބޭއްވި މައްސަލައެކެވެ. ނަމަވެސް އެއީ ސީދާ އެ މައްސަލާގައި ބޭއްވި ބައްދަލުވުމެއްކަން އަދި ކަށަވަރެއް ނޫނެވެ.

ހިޔާގައި ހުއްޓާ ބަލިވެ އިން ކަމަށް މައުލޫމާތު ލިބިފަިއވަނީ 13 އަހަރުގެ ކުއްޖެކެވެ. އެކަން ސާފު ކުރުމަށް ސަންގުން ފުލުހުންނަށް ގުޅާލުމުން ބުނީ އެ އިދާރާއަށް އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

ހިޔާގައި ހުރި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ބަލިވެއިން މައްސަލަ ފެންމަތިވެފައިވަނީ ޓުވިޓާރ ތެރޭގައި އާންމުންގެ މީހަކު ކުރި ޓުވީޓަކާއި ގުޅިގެންނެވެ. އޭނާގެ ޓުވީޓްގައި ބުނެފައިވަނީ ހިޔާގައި ހުރި 13 އަހަރުގެ ޚާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވެފައިވާ ކަމަށެވެ. އެ ކުއްޖާ ބެލެނިވެރިންގެ ބެލުމުގެ ދަށުގައި ހުރިއިރު ބަނޑުބޮޑު ނޫން ކަމަށް ޓުވީޓްގައި ބުނެފައިވެއެވެ.

https://twitter.com/DhivehiOne/status/1204576429309980673

ސަންގަށް މައުލޫމާތުދެއްވަމުން ޖެންޑަރ މިނިސްޓްރީގެ ޑިރެކްޓަރ ވިދާޅުވީ އެ މައްސަލަ ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މައުލޫމާތު ލިބުނުހާ އަވަހަކަށް ހިއްސާކުރާނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: