ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކު ޑަޔަލިސިސް ޔުނިޓް ރަސްމީކޮށް އިފްތިތާހުކޮށްފި

ފުވަމުލަކު ސިޓީގެ ޑަޔަލިސިސް ޔުނިޓް ރަސްމީގޮތުން ނައިބު ރައީސް ފައިސަލް ނަސީމް އިފްތިތާހުކޮށްދެއްވުން ---- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލަކު ސިޓީގެ  ހޮސްޕިޓަލުގައި ޑަޔަލިސިސް ޔުނިޓް ރަސްމީގޮތުން ނައިބު ރައީސް ފައިސަލް ނަސީމް އިފްތިތާހުކޮށްދެއްވައިފިއެވެ.

ޏ. އަތޮޅު ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓު އިފްތިތާޙްކޮށްދެއްވައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނަށް އެންމެ މުހިންމުވާކަންކަން ފަހިކޮށްދެއްވުމަށް ސަރުކާރުން ވަރަށްބޮޑު އަހައްމިޔަތުކަމެއް ދެއްވާކަމަށާ އަދި ވަކިން ޚާއްޞަކޮށް ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމަށް މިހާރުވެސް ބޮޑު ހޭދައެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިފަދަ އައު ޚިދުމަތްތައް ތަޢާރަފުކުރުމުގެ އިތުރުން ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ދުރާލާ ފިޔަވަޅު އެޅުމުގެ މުހިންމުކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ ޏ. އަތޮޅު ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކާ ހިނިތުންވުމާއެކު މުއާމަލާތްކުރުމަށާއި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ހޮސްޕިޓަލުގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ފުވަމުލަކު ޑަޔަލިސިސް ޔުނިޓް ރަސްމީކޮށް އިފްތިތާހުކޮށްފި — ފޮޓޯ: ހެލްތް މިނިސްޓްރީ

ޑަޔަލިސިސް ޔުނިޓު އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން ނައިބު ރައީސް ވަނީ ޑަޔަލިސިސް ޔުނިޓާ ހޮސްޕިޓަލުގެ ބައެއް ތަންތަން ބައްލަވާލައްވާފައެވެ. އަދި ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށް އައިސްތިބި ބައެއް އާންމުފަރާތްތަކާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

ޏ. އަތޮޅު ހޮސްޕިޓަލުގައި އިފްތިތާޙްކުރި ޑަޔަލިސިސް ޔުނިޓުގައި އެއްފަހަރާ ތިން ބަލިމީހުންނަށް ޑަޔަލިސިސް ހެދޭވަރަށް ވަޞީލަތްތައް ޤާއިމު ކޮށްފައިވެއެވެ. އަދި ޏ. އަތޮޅު ހޮސްޕިޓަލަކީ މީހާރުވެސް ދުވާލަކު އެވްރެޖުކޮށް 150 އާއި 200 އާއި ދެމެދުގެ ޢަދަދެއްގެ މީހުން ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ.

ޏ. އަތޮޅު ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓް އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ނައިބު ރައީސް ވަނީ ފުވައްމުލަކުގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި ފުވައްމުލަކުގެ މަގުހަދާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެމަސައްކަތް ކުރިޔަށްދާގޮތް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: