ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާސިމްގެ މަރަށް ހަފްތާއެއް: ޤާތިލުންގެ ފިންގަ ޕްރިންޓާއި ޑީއެންއޭ ހޯދައިފި!

--- ޤާސިމްގެ މަރަށް ހަފްތާއެއް: ޤާތިލުންގެ ފިންގަ ޕްރިންތާއި ޑީއެންއޭ ހޯދައިފި!
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހުމުކުޑަގޮތަކަށް މިދިޔަ ބުދަ ދުވަހު މަރާލާފައިވާ ޓެކްސީ ޑްރައިވަރ ގާސިމް ހަސަންގެ ގާތިލުންގެ ފިންގަރޕްރިންޓާއި ޑީއެންއޭ ހޯދައިފިއެވެ.

ގާސިމްގެ މަރަށް މިއަދު ހަފްތާއެއް ވެފައިވާއިރު ޕޮލިސް ކޮމިޝަނަެ މުޙއްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤާއިމްގެ މަރުގެ ތަހުޤީޤަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މުހިންމު ޑީއެންއޭތަކާއި، ފިންގާޕްރިންޓުތަކެއް ސީންއިން ފެނިފައިވާ ކަމަށާއި ގާސިމް މަރާލަން ބޭނުން ކުރި ހަތިޔާރު، އޭނާ ވެއްޓިފައި އޮއްވާ ފެނުނު ތަނާ 300 މީޓަރު ދުުރުން ވިނަގަނޑެއްގެ ތެރެއިން ފެނިފައިވާ ކަމަށެވެ. އަދި ޤާސިމް މަރާލި ރޭ އޭނާ ހުޅުމާލޭގައި ދަތުރުކުރި ގޮތް ސީސީޓީވީ ފޫޓޭޖު ބަލައިގެން ހޯދިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޤާއިމްގެ ޤާތިލުން ދެނެގަތުމުގެ މަސައްކަތް މިހާރު ފުލުހުންގެ ޓީމަކުން ކުރަމުންދާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

އަނިޔާވެރިގޮތަކަށް، ގާސިމް މަރާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގަނޑެވެ. ޒަހަމްތަކާއި އެކު، މަގުމައްޗަށް ވެއްޓިފައިއޮއްވާ ގާސިމް ފެނިފައިވަނީ ހުޅުމާލޭގެ، ވެހިކަލްތަކާއި މީހުން މަދު އަނދިރި ސަރަހައްދެއް ކަމަށްވާ ރީތިގަސްމަގުންނެވެ.

ގާސިމް ދުއްވާން އިން ކާރު ތެރޭގައި ވެސް ގިނަ އަދަދެއްގެ ލޭ ހުރުމާއި އެކު ބެލެވެނީ، ގާސިމްއަށް ހަމަލާދީފައިވަނީ ކާރަށް އެރި ބަޔަކު ކަމަށެވެ. ގާސިމްގެ ކަރުގެ ވާތް ފަރާތުން ފަހަތަށް ވާ ގޮތަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ހުރިއިރު، އޭނާގެ އަތުގައި ވެސް ޒަހަމްތަކެއް ހުއްޓެވެ. ކާރު އޮތީ، އެ މަގުގެ އެއް ފަރާތުގައި ހުރި ޕެލެޓްތަކަކަށްއަރާފައެވެ އެވެ.

ގާސިމް މަރުވެފައި ބަންޑުން އޮއްވާ މަގުމަތިން ފެނުނުއިރު، މަގުމަތީ އޮތީ ލޭގެ ކޯރު ހެދިފައެވެ. އެއީ، ޕްރެޝަރާއި އެކު އައިސްފައި ހުރި ލޭކަމަށް ފޮޓޯތަކަށް ބެލުމުން ހީވެއެެވެ.

ޤާސިމް މަރާލާފައިވަނީ އެރޭ ރައްޓެއްސަކާއެކު ރޭގަނޑުކެއުން ނިންމާލުމަށްފަހު، 500 ރުފިޔާ ހޯދަން ކަމަށް ބުނެ ދަތުރު ފެށިތަނާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: