ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ސަރުކާރުގެ ބަންޑާރަ ނައިބުގެ މައްސަލައެއް އޭސީސީއަށް

އަދީބު އަތުން ރިޝްވަތު ނެގި ކަމަށް ބުނެ އަނިލްގެ މައްސަލަ އޭސީސީ އަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސަރުކާރުގެ ބަންޑާރަ ނާއިބް މުހައްމަދު އަނިލްއާ ގުޅޭ މައްސަލަތަކެއް އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅައިފި އެވެ.

އަނިލްއާ ގުޅޭގޮތުން އޭސީސީއަށް ހުށައަޅާފައިވަނީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ އަތުން 22 މިލިއަނަށްވުރެ ގިނަ ރުފިޔާ، ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ކަމަށް ބުނާ މައްސަލައެކެވެ. އޭގެ އިތުރުން ނުފޫޒު ބޭނުންކޮށްގެން މީހަކަށް ވަޒީފާ ހަމަޖައްސައިދިން ކަމުގެ މައްސަލައަކާއި ސަން ގްރޫޕަށް ޗައިނާގެ އެގްޒިމް ބޭންކުން ބޮޑު ލޯނެއް ހޯދާދިނުމަށް ދައުލަތުން ސޮވެރިން ގެރެންޓީ ދިނުމުގައި ރިޝްވަތު ނަގާފައިވާ ކަމަށް އޭނާގެ މައްޗަށް ވަނީ ތުހުމަތުކޮށްފައެވެ.

އަނިލްއާއި ގުޅޭގޮތުން އޭސީސީއަށް މައްސަލައެއް ހުށަހަޅާފައި ވީނަމަވެސް، އެ ކޮމިޝަނުން އެ މައްސަލައާއި ގުޅޭ އެއްވެސް ތަފްސީލެއް މީޑިއާތަކާއި ހިއްސާއެއް ނުކުރިއެވެ. މައުލޫމާތު ލިބޭގޮތުން އަނިލްއާއި ދެކޮޅަށް އެ މައްސަލަ ހުށަހަޅާފައިވަނީ ބުދަ ދުވަހުއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި، ސިޔާސީ މާ ގިނަ ހަރަކާތްތަކުން އަނިލް ނުފެނުނުނަމަވެސް، އޭނާއަކީ ރައީސް ޔާމީން އިތުބާރު ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ އެންމެ އަރިސް އެއް ބޭފުޅާއެވެ.

އަނިލްއަށް މީގެ ކުރިންވެސް އެމްްއެމްޕީއާރުސީގެ މައްސަލައިގައި ތުހުމަތުކުރެވުނެވެ. އެގޮތުން އަނިލް، އަދީބުގެ އަތުން 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ރިޝްވަތުގެ ގޮތުގައި ނަންގަވާ އޭގެއިން މަންފާ ހޯއްދެވިކަމަށް އޭނާގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައެވެ. މީގެ ކުރިން މީޑިއާތަކުގައި އަޑުތައް ފެތުރިފައިވާގޮތުން އަނިލް ވަނީ މެލޭޝިޔާއިން ކާރަކާއި ގެއެއް ގަނެފައެވެ.

އަނިލްއަކީ އަދީބު އެންމެ ބާރުގައި ހުންނެވި ދުވަސްވަރު އޭނާއާވެސް ހާއްސަ ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ. ބާރާއި ނުފޫޒުގައި ގިނަ ކަންތައްތަކެއް ކުރެއްވި ކަމަށް ކުރީ ސަރުކާރުގެ ވެރިންގެ މައްޗަށް ތުހުމަތު ކުރެވުނު ނަމަވެސް އެ ތުހުމަތުތަކާއި ގުޅޭގޮތުން އަނިލް މިހާތަނަށް މާގިނަ ވާހަކަތަކެއް ދައްކާފައެއް ނުވެއެވެ.

ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލިވިފަހުން އެމަނިކުފާނުގެ އަރިހުންވެސް އަދި ސިޔާސީ އެއްވެސް މަސައްކަތަކުންވެސް އަނިލް ފެނިފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: