ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ފްލައިން ސްކޫލް ހިންގާނެ ބަޔަކު ހޯދަން އަލުން ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލް ހިނގުމަށް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއޭއޭ) އިން ބުނީ އަލުން ފުރުސަތު ހުޅުވާލީ ކުރީގެ ޕްރޮޕޯސަލްތައް ކެންސަލްކުރުމަށް ފަހު ކަމަށެވެ. އަލަށް ހުޅުވާލި ފުރުސަތާ ގުޅިގެން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 9 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަން ހުޅުވަން އޮންނާނީ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ.

ފްލައިން ސްކޫލެއް ހިނގުމުގެ ފުރުސަތު އަލުން ހުޅުވާލި ސަބަބެއް ކަމަށް ބުނެފައިވަނީ، މިއަހަރު މެދެއްހާ ހިސާބުގައި ފްލައިން ސްކޫލެއް ހިނގުމަށް އިއުލާންކޮށް އެކަމަށް ބޭނުންވާ މިންވަރަށް ޕްރޮޕޯސަލް ލިބިފައި ނުވާތީކަމަށް ގަން އެއާޕޯޓުން ވަނީ ބުނެފައެވެ.

ފްލައިން ސްކޫލަށް އެންމެ ފަހުން ހުޅުވާލި ފުރުސަތުގައި ލިބިފައިވަނީ 3 ޕްރޮޕޯސަލްއެވެ. އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ބުނެފައިވަނީ ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޮވުމުގައި ތަޖުރިބާ އާއި މާލީ ގާބިލިއްޔަތު ކަމަށް އިސްކަންދޭނެ ކަމަށެވެ.

ގަމުގައި މިހާރު ފްލައިން ސްކޫލު ހިންގަމުންދާ އޭޝިއަން އެކެޑަމީ އޮފް އެއިރޮނޯޓިކްސްގެ ކޮންޓްރެކްޓް އަންނަ ޖުލައިމަހު ހަމަވާނެއެވެ. އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން އެއްބަސްވުން އާކުރަން ހުށަހެޅި ކުލި ބޮޑު ކަމަށް ބުނެ، އެފަރާތުން ދަނީ ނ.މާފަރަށް ފްލައިން ސްކޫލު ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އައްޑޫ ފްލައިން ސްކޫލުގެ މައްސަލަތައް ބޮޑުވެ، މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް، ފްލައިން ސްކޫލް ބަދަލުކުރަން ނިންމި ކަމުގެ އަޑުތައް ވެސް ފެތުރުނެވެ. ފްލައިން ސްކޫލް ހިންގަން ދީފައިވަނީ 2009 ވަނަ އަހަރު، 10 އަހަރު ދުވަހަށެވެ.

ފްލައިން ސްކޫލުން ޕައިލެޓްކަން ކިޔަވާ ކޮންމެ ކުއްޖެއްގެ އަތުން 45،000 ޑޮލަރު ނަގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: