ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީ، ހިތަދޫގައި އައިނު ފިހާރަ ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ، ހިތަދޫގައި ގާއިމުކުރާ އައިނު ފިހާރަ ހުޅުވައި، ހިދުމަތް ދޭން ފަށައިފިއެވެ.

އައްޑޫގައި ޤާއިމްކުރި ކެތްލެބް އަދި އައިނު ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ މާލޭގައި ޤާއިމްކޮށްފައިވާ އައިނު ފިހާރަތަކުގެ ސަބަބުން ރައްޔިތުން އައިނު ހެއްދުމަށް ދިމާވަމުންދިޔަ މާލީ ގޮންޖެހުންތަކަށް ވަނީ ލުޔެއް ލިބިގެންގޮސްފައެވެ. އަދި ރައްޔިތުން މި ޙިދުމަތް ބޭނުން ކުރަމުންދާ މިންވަރު އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މި ޚިދުމަތް ގާއިމުކޮށް، އިއްޔެ ރަސްމީކޮށް އިފްތިތާހު ކުރެވިގެން ދިއުމަކީ އައްޑޫ އަދި ހާއްސަކޮށް ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން އެތަށް ފަސޭހަކަމެއް ގެނުވާނެކަމެއްކަން ފާހަގަ ކުރައްވާ އެ މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޢަބްދުއްރައްޒާޤް ހަލީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހަލީމް ވިދާޅުވި ގޮތުގައި އައިނު ފިހާރައަށް ބޮޑު ޑިމާންޑެއް އެބައޮތެވެ. އެ ގޮތުން މިހާތަނަށް 13,000 ވުރެ ގިނަ މީހުންނަށް ވަނީ ހިދުމަތް ދީފައެވެ. އަދި އެ އަދަދާއި ގާތް ކުރާ މިންވަރަކަށް ވަނީ އައިނު ވެސް ހައްދައިދީ ހަވާލުކޮށްފައެވެ.

ރައްޔިތުންނަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުން އައިޖީއެމްއެޗް ހޮސްޕިޓަލް އަދި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ވަނީ ހުޅުވާފައެވެ. މި ޚިދުމަތް ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކާއި ހަމައަށް ގެންދިޔުމަށް އަންނަނީ މަސައްކަތް ކުރަމުންނެއެވެ. މީގެ ދަށުން ފުރަތަމަ އައިނު ފިހާރަ އައްޑޫގައި ވަނީ ހުޅުވާފައެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭގޮތަށް ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރެވެއެވެ. އާސަންދައިން އައިނު ހައްދަން މީގެ ކުރިން ދެނީ 1،000ރ. އެވެ. އެކަމަކު، އެ އަދަދު މިހާރު ވަނީ 2،000ރ. އަށް ބޮޑުކޮށްފައެވެ.

އާސަންދައިން ކަވަރުކުރާ 2000 ރުފިޔާއަށް ވުރެއް އެފަރާތުގެ އައިނު އަގު ބޮޑުވާނަމަ ބާކީ ފައިސާ ދައްކަން ޖެހޭނީ އަމިއްލައަށް ކަމަށެވެ. މިހާރު އާސަންދަ ކަވަރު ކުރާ އަދަދަށް އައިނު ހެއްދޭ ތަންތަން އެބަހުރިކަމަށާއި އައިނު ހައްދާނެ ތަނެއް ކަނޑައަޅާނީ އެމީހަކު އަމިއްލައަށްކަމަށްވެސް އެންސްޕާއިން މައުލޫމާތުދެއެވެ.

މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެފައިވަނީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އިތުރު އަގަކާ ނުލައި އައިނު ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ. އައިޖީއެމްއެޗްގައި އޮޕްޓިކަލް ހިދުމަތް ގާއިމުކުރީވެސް އާންމުންނަށް މި ހިދުމަތް ހޯދުމުގައި ހުރި ބުރަތައް ކުޑަކުރުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިހާރު އޮންނަ އުސޫލުން އާސަންދައިން އައިނު ހެއްދުމަށް ކަވަރު ކުރަނީ 1,000 ރުފިޔާއެވެ. ނަމަވެސް އާސަންދައިން ދޭ އަދަދު ބޮޑުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު، މި ގެނެވޭ ބަދަލާއެކު ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: