އެމްޓީސީސީ ކަށަވަރުން ސާބަސް ޔަންމާ ޕްރޮމޯޝަން ލޯންޗްކޮށްފޮއެވެ.
އެމްޓީސީސީ ކަށަވަރުން ވަނީ ސާބަސް ޔަންމާ ޕްރޮމޯޝަން މޯލްޑިވްސް މެރިން އެކްސްޕޯގައި ލޯންޗްކޮށްފައެވެ. ސާބަސް ޔަންމާ ޕްރޮމޯޝަންއަކީ ކޮންމެ އަހަރަކުވެސް ޔަންމާ ކަސްޓަމަރުން އެންމެ އިންތިޒާރު ކުރާ އެއް ޕްރޮމޯޝަން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި ޕްރޮމޯގެ ދަށުން މިއަހަރުވެސް ޔަންމާ އިންޖީނު ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށް ވަރަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި ޕްރޮމޯ ކުރިއަށް ދާނީ 15 ޑިސެމްބަރުން ފެށިގެން 31 މާޗުގެ ނިޔަލަށް ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ. 10 ޕަސެންޓުގެ ބުކިންގ ފީއެއް ދެއްކުމަށްފަހު އިންޖީނު ބޫކްކުރާ ފަރާތްތަކަށް ޕްރޮމޯޝަން ގައި ބައިވެރިވެވޭނެ ކަމަށެވެ.
އެމްޓީސީސީން މެރިން އެކްސްޕޯއަށް ހާއްސަކޮށް، އެމްޓީސީސީ ކަށަވަރު ޕޭޖު މެދުވެރިކޮށް ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި ލަކީޑްރޯގެ ނަސީބުވެރިޔާ މިރޭ ހޮވުމަށް ވަނީ ހަމަޖެހިފައި ވާއިރު މި ލަކީޑްރޯއަށް އެމްޓީސީސީން ވަނީ 10،000ރ. ގެ ފައިސާގެ އިނާމެއް ހުށަހަޅައިފައެވެ.
މީގެއިތުރަށް މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ބޭނުންވާ ކަމަށްވާނަމަ، އެމްޓީސީސީގެ މެރިން އެކްސްޕޯ ނުވަތަ އެމްޓީސީސީއަށް ގުޅައިގެންވެސް މައުލޫމާތު ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.

