ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް ހަމަލާދޭން މަސައްކަތްކޮށް، މަރުގެ އިންޒާރު ދިން ކަމުގު ތުހުމަތުގައި ޙައްޔަރު ކުރި މީހާއަށް ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލައިފިއެވެ.
އިސް ފަނޑިޔާރު ޝުޖާއު އަށް މަރުގެ އިންޒާރު ދިނީ އޭނާ ކ. މާފުށީގައި ހުންނަވަނިކޮށެވެ. ކެފޭއެއްގައި ހުންނަވަނިކޮށް މީހަކު ގޮސް މަރުގެ އިންޒާރު ދިނީ ގޮނޑިއަކުން ޝުޖާއުއަށް ހަމަލާދޭން މަސައްކަތް ކުރުމަށް ފަހުއެވެ.
އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 50 އަހަރު މީހެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްށްފައިވަނީ ކޯޓު އަމުރރެްގެ ދަށުން މިއަދު ހެނދުނުއެވެ.
ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ދޫކޮށްލާފައިވަނީ ކ. ހުރާ މެޖިސްޓްރޭޓު ކޯޓުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއި އެކު ކަމަށެވެ. އެހެން ނަމަވެސް ޝަރުތުތަކަކީ ކޮބައިކަމެއް ހާމަކޮށްފައި ނުވެއެވެ.
އެ މައްސަލަ ބަލާ ފިޔަވަޅު އަޅައިދިނުމަށް ސިޓީއަކުން ރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާގައި އެދިފައިވަނީ ހައިކޯޓުންނެވެ.

