ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ: ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަކީ ދބޮޑު ގޯހެއް ކަމަށާއި، ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ”ނޫނެކޭ“ ބުނަން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ހުޅުމާލޭގައި ބޭއްވި ޕިކަޕް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ ކައިރިއަށް ގޮސް ބޭނުންވާ ކަންކަން އޮޅުންފިލުވައި އެ ކަންކަން ފުއްދައިދޭނެ ހާލަތެއް ދެން އަންނާނީ ދެ އިންތިހާބު އެއްކޮށްލުމާ މެދު ނަގާ ވޯޓުގައި ރައްޔިތުން ދެކޮޅު ހަދައިގެން ކަމަށެވެ. އޭނާ ވިދާޅުވީ އިންތިހާބުތައް މަދުވުމަކީ ރަށްރަށުގެ ތަރައްގީއަށާއި ވަކިވަކި ފަރުދުންނަށް ވެސް ލިބޭނެ ގެއްލުމެއް ކަމަށެވެ.

ޒިޔާދު ފާހަގަކުރެއްވި ގޮތުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ލިބުމާއި ރަށްރަށުގެ މަޝްރޫއުތައް ބާރުމިނުގައި ކުރިއަށް ދަނީ އިންތިހާބުތަކާ ދިމާކޮށް ކަމަށެވެ.

 ”ސަރުކާރަށް ދެ އަހަރު ބައި ވަންދެން ހަމަ ހިރިވެސް ނުލާ ހުރި އެސްކެވޭޓަރުތައް މިހާރު ދެފައި އެއްތާކު ނުޖަހާ ރަށްރަށު ކޮޅުކޮޅު މައްޗަށް އެ ދުވަނީ،“ އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ދެ އިންތިހާބު އެއްކޮށްލައިފި ނަމަ ދެން އެއްވެސް ސަރުކާރަކުން ރައްޔިތުންގެ ގާތަށް ދާން ނުޖެހޭނެ ކަމަށާއި، މިއީ ގާނޫނުއަސާސީއަށް ގެންނަ ދާއިމީ ބަދަލަކަށް ވާތީ މީގެ ނަތީޖާ ހިތިވާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މިއީ ވެރިކަމުގެ ދައުރު ދިގުކުރުމަށް ކުރާ މަސައްކަތެއްގެ ފެށުމެކެވެ.

މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދައުރު 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހަށް ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން މިހާރު ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް، މި ބަދަލު ތަންފީޒު ކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ޖެހެ އެވެ.

ސަރުކާރުން ނިންމާފައިވަނީ މި ފެންނަ ނުފެންނަ ވޯޓު، އަންނަ އަހަރުގެ އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ކުރިއަށް ގެންދިއުމަށެވެ. ޒިޔާދު ވަނީ މި ވޯޓުގައި ރައްޔިތުން ސާފު ބަހުން ”ނޫނެކޭ“ ބުނުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވާފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: