ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރި ފުޅާކުރުމަށް ޖެޓްރޯއާއެކު މަޝްވަރާކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޖަޕާނު މާކެޓުގައި އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށްދިޔައީ މިފްކޯގެ އިސް އޮފިޝަލުންގެ ވަފުދެއް ޖަޕާނުގެ ޓޯކިޔޯއަށް މިހާރު ކުރަމުންދާ ރަސްމީ ޒިޔާރަތުގެ ތެރެއިން، ޓޯކިޔޯގައި ހުންނަ ޖެޓްރޯގެ މައި އިދާރާގައެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ޖަޕާނުގެ ބާޒާރުގައި މިފްކޯގެ އުފެއްދުންތަކަށް ހުރި ފުރުޞަތުތައް ދެނެގަތުމާއި، އެ މާކެޓުގައި ވިޔަފާރި ފުޅާކުރުމަށް ޖަޕާނު ސަރުކާރުގެ އިދާރާއެއް ކަމަށްވާ ޖެޓްރޯގެ އެހީތެރިކަން ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

މި ބައްދަލުވުމުގައި މިފްކޯގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާޠިފް ޝަކޫރާއި، ކޯޕަރޭޓް އެފެއަރޒް ޖެނެރަލް މެނޭޖަރ އާމިނަތު ސަނިއްޔާ ޝަރީފެވެ. މީގެ އިތުރުން، ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަރާތުން ޑެޕިޔުޓީ އެމްބެސެޑަރ އަޙްމަދު ޢާދިލާއި، ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާ ވެސް މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި، މިއީ ދުނިޔޭގެ ބޮޑެތި އަދި މުހިންމު މާކެޓުތަކުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް އޮތް ފުރުޞަތުތައް އިތުރުކޮށް، ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު ދަތުރެކެވެ. އެ ކުންފުނިން ދަނީ ބައިނަލްއަޤްވާމީ ފެއަރތަކުގައި ބައިވެރިވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފްކޯގެ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓްކުރުމުގެ ފުޅާ މަސައްކަތްތަކެއް ކުރަމުންނެވެ.

ޖެޓްރޯއަކީ 1958 ވަނަ އަހަރު އުފެއްދި، ޖަޕާނާއި ދުނިޔޭގެ އެހެން ޤައުމުތަކާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ކުރިއެރުވުމަށް މަސައްކަތްކުރާ ސަރުކާރުގެ މުހިންމު އިދާރާއެކެވެ. ކުރިން ޖަޕާނުގެ އުފެއްދުންތައް ބޭރަށް ފޮނުވުމަށް އިސްކަންދިން ނަމަވެސް، މިހާރު އެ އިދާރާގެ އަމާޒަކީ ބޭރުގެ އިންވެސްޓްމަންޓްތައް ޖަޕާނަށް ގެނައުމާއި، ބައިނަލްއަޤްވާމީ ވިޔަފާރިތަކަށް ޖަޕާނުގެ ބާޒާރުން ފުރުޞަތުތައް ފަހިކޮށްދިނުމެވެ. އެހެންކަމުން، މިފްކޯއިން ޖެޓްރޯއާއެކު ބޭއްވި މި ބައްދަލުވުމަކީ ޖަޕާނުގެ މާކެޓަށް ދިވެހި މަހުގެ އުފެއްދުންތައް އިތުރަށް ތަޢާރަފްކުރުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: