ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަދު ދުވަސްކޮޅެއް ތެރޭ އައްޑޫއިން ސްވައިޕަށް ބޮޑު ތަރުހީބެއް!

Image: BML
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިތަކަކުން މިހާރު ’ސްވައިޕް‘ ޑިޖިޓަލް ވޮލެޓް ބަލައިގަންނަން ފަށާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ރޭ އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލަޖީ އަލީ އިހްސާނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. ސްވައިޕަކީ ދިވެހިން އުފައްދައި ތަރައްގީކޮށްފައިވާ ސައްތައިން ސައްތަ ދިވެހި އުފެއްދުމެކެވެ.

ސްވައިޕް ބޭނުންކުރާ ކަސްޓަމަރުންނަށް އެއްވެސް ފީއަކާ ނުލައި ކޮންމެ ތަނަކުން އަދި ކޮންމެ ގައުމަކުންވެސް މުއާމަލާތްތައް ކުރެވޭނެއެވެ. ވިޔަފާރިތަކުން މި ޚިދުމަތް ބޭނުންކުރާނަމަ ނަގާނީ އެންމެ 1 އިންސައްތައިގެ ފީއެކެވެ. އަދި ވިޔަފާރިތަކަށް ވަގުތުން އެއްވެސް ދަތިކަމަކާ ނުލާ ފައިސާ ޖަމާވެގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ސްވައިޕް ވަނީ ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައިވެސް ވެސް ކަނޑައަޅާފައެވެ. މީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ފަތުރުވެރިން ބޭނުންކުރާ ކޮންމެ ކާޑަކުންވެސް ސްވައިޕްގެ ޚިދުމަތް ބޭނުންކުރެވޭނެ މަގު ވަނީ ފަހިވެފައެވެ.

މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ފައިސާގެ މުއާމަލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. ސްވައިޕް ވޮލެޓް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭއިރު، ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

ސްވައިޕްގެ މައިގަނޑު ފީޗާރތަކުގެ ތެރޭގައި ޕަރސަން-ޓު-ޕަރސަން ޓްރާންސްފަރތަކާއި، ކިއުއާރް ޕޭމަންޓް، އަދި އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ބަލާލެވޭނެ ނިޒާމު ހިމެނެއެވެ.

މީގެ އިތުރުން ޕޭމަންޓް ލިންކް ޝެއާކުރުމާއި، ފަސޭހައިން ޓޮޕް-އަޕްކޮށް ފައިސާ ނެގުމުގެ ޚިދުމަތްވެސް މި އެޕްލިކޭޝަނުން ލިބޭނެއެވެ. ސްވައިޕަކީ މިހާތަނަށް ފަރުމާކޮށްފައިވާ އެންމެ އަދާހަމަ އެއް ޑިޖިޓަލް ވޮލެޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: