ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލާން ހުރަސްތަކެއް ހުރިކަމަށް ބުނާ ވާހަކަ އީސީއިން ދޮގުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އަދި ފެންނަ ނުފެންނަ ވޯޓު (ރެފަރެންޑަމް) ގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެ ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް އަބްދުއްﷲ އުނައިސް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމުގައި ހުރަސްތަކެއް ހުރި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އުނައިސް މިހެން ވިދާޅުވީ، އަންނަ އިންތިޚާބުތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލާން ހުރަސްތަކެއް ހުރިކަމަށް ބުނެ ހަތަރު ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް މީޑިއާއަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައި ސަންގަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ. އޭނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ވޯޓުލުމާ ގުޅޭ މަޢުލޫމާތުތައް މިހާރުވެސް ޙިއްޞާ ކުރެވެމުންދާ ކަމަށެވެ.

ވޯޓުލާ މަރުކަޒުތަކަށް ފަސޭހައިން ވަދެ ނިކުމެވޭނެ އިންތިޒާމުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އުނައިސް ވިދާޅުވީ،

 ”ވީލްޗެއާ އެކްސެސް ކުރުމާއި ރޭމްޕްތައް ހެދުމާއި ޓެމްޕްލޭޓްތައް ތަޢާރަފު ކުރުމާއި އެވެއާނަސް ވީޑީއޯތަކަށް ސައިން ލެންގުއޭޖްލުން ފަދަ ކަންކަން ކުރެވިފައިވާނެ“ ކަމަށެވެ.

މީގެ އިތުރުން، ވޯޓުލާ މަރުކަޒަށް ދިއުމުގައި ދަތިތަކެއް ހުންނަ ފަރާތްތަކަށް ޚާއްޞަ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ އިންތިޒާމުތައްވެސް ހަމަޖެހިފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީސީއިން ބުނި ގޮތުގައި، އިންތިޚާބުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ގުޅުންހުރި ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް އެފަރާތްތަކުގެ ޚިޔާލާ އެކުގައެވެ. މިގޮތުން މިވަގުތު އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ ބްލައިންޑް އަދި ޑެފް ކޮމިއުނިޓީއާ ގުޅިގެންނެވެ. ކުރީގެ އިންތިޚާބުތަކެކޭ އެއްފަދައިން، ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ބޭނުންވާ ފަރާތްތަކުން ކުރިއާލާ އެކޮމިޝަނަށް އެންގުމަށްވެސް ވަނީ އެދިފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމުގައި އެހީތެރިކަން ބޭނުންވާނަމަ، އީސީގެ ހޮޓްލައިން ނަންބަރު 1414 އަށް ގުޅުއްވައި އެކަން ހިއްސާކުރުމުން، އެ ފަރާތަކުން ބޭނުންވާ ގޮތަށް ވޯޓުލުމުގެ ކަންކަން ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: