ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ ހަރަދުކޮށްގެން ތެލުގެ އަގު ހިފަހައްޓާން: ޒަމީރު

މިނިސްޓަރ އޮފް ފައިނޭންސިންގ އެންޑް ޕެލޭނިންގ މޫސާ ޒަމީރު/ފޮޓޯ: ކޯޕަރެޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، ސަރުކާރުން ދޭ ސަބްސިޑީގެ އިތުރުން އެސްޓީއޯއަށް ލިބޭނެ ކަމަށް ލަފާކުރާ ފައިދާ ބޭނުންކޮށްގެން ތެލުގެ އަގު ހިފެހެއްޓުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވީ ނަމަވެސް، ރާއްޖެއަށް ތެލާއި ގޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އަދި ތެލުގެ އަގު ކުއްލިއަކަށް ބޮޑުނުކޮށް، ހާލަތު ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ރައްޔިތުންނަށް ލުއިވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ހަމަޖެއްސުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ، ތެލާއި، ކާނާއާއި، ބޭސް އެތެރެކުރުމުގެ އިތުރުން ބޭރުގައި ކިޔަވާ ކުދިންނަށް ފޮނުވާ ފައިސާގެ ކަންކަމަކީ ޕްރައިއޮރިޓީ ދީގެން ބަލަމުންދާ ކަންކަން ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ އާމްދަނީއަށް އަންނަ ބަދަލުތައްވެސް ވަރަށް ގާތުން ބަލަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ޓޫރިސްޓުންގެ އަދަދަށް ބަދަލުތަކެއް އަންނާތީ ރެވެނިއުއަށް ކޮންމެެސްވަރެއްގެ އަސަރެއް ކުރޭ، ނަމަވެސް ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތްތައް ދަނީ ބަލަމުން،“ މިނިސްޓަރު ވިދާޅުވިއެވެ.

މި ހުރިހާ ކަމެއްގެ ތަފްސީލީ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާނެ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

ތެޔޮ އެތެރެކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެސްޓީއޯއިން މިހާރު އައު އުޅަނދެއް ގެނެސްފައިވާ ކަމަށާއި، މީގެ ސަބަބުން ތެޔޮ ގެނައުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ތެޔޮ އަބަދުވެސް ޓްރާންސިޓްގައި ހުންނަކަން ފާހަގަކުރައްވައި، ތެލުގެ ރައްކާތެރިކަން ކަށަވަރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: