ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ ބޮޑު ތިން ސިޓީއެއްގައި ރާއްޖެ އިޝްތިހާރު ކުރަނީ!

ޗައިނާގެ ސިޓީއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރާ އެއް ގައުމުކަމަށްވާ، ޗައިނާގެ އެންމެ ބޮޑު ތިން ސިޓީގައި ރާއްޖެ އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރް ކޯޕަރޭޝަނުން އައުޓްޑޯ ކެމްޕޭނެެއްް ފަށައިފިއެވެ.

އިޝްތިހާރު ކުރުމުގެ، މި ކެމްޕޭން ކުރިއަށް ދަނީ ޗައިނާގެ ވެރިރަށް ބެއިޖިންގގައި އާއި، ގުއަންޒޯ އަދި ޝަންހާއީގައެވެ. މި ކެމްޕޭނުގެ ދަށުން ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް ޗައިނާ ފަތުުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރާނެއެވެ.

އެގޮތުން، ބެއިޖިންގެ އެންމެ ބޮޑެތި އޮފީސް ޢިމާރާތްތަކުގައި ހިމެނޭ ދެހާސް ލެޑް ސްކްރީންތަކާއި ގުއަންގްޒޯގެ އެންމެ ބޮޑު ފަސް ޝޮޕިން މޯލްގެ ބޭރުގައި ބެހެއްޓިފައިވާ ބޮޑެތި ލެޑް ސްކްރީންތަކުގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެންނަ ވީޑިއޯ އިޝްތިހާރުތައް މި ކެމްޕެއިންގެ ދަށުން ދައްކަމުން ދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އަދި ޝަންހާއިގެ އެންމެ ބާރުބޮޑު އަދި ދުވާލެއްގެ މައްޗަށް ދޮޅުލައްކަ މީހުން ބޭނުންކުރާ މެޓްރޯ ސްޓޭޝަންގައި ގައި ބެހެއްޓިފައިވާ ހަތް ލެޑް ސްކްރިންއެއްގައި، ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާކުރެވެން ހުރި ކަންކަން އިޝްތިހާރު ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްއެމްޕީއާރްސީން ބުނެއެވެ.

އެމްއެމްޕީއާރްސީން ބުނީ، ޗައިނާ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ދެ ފެއާއެއްގައި ބައިވެރިވުމާއި، ދެ ރޯޑް ޝޯވ ބޭއްވުމާއި، މިީޑިއާ އަދި ސެލެބްރިޓީ ފެމަލިއަރައިޒޭޝަން ޓްރިޕް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޑިޖިޓަލް މީޑިއާ ކެމްޕޭންތައްވެސް ކުރިއަށްދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: