ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް އިއުލާންކޮށްފި!

މިނިސްޓަރ އަމީން --- ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް ސިއްޚަތާ ބެހޭ ވަޒީރު އަބްދުﷲ އަމީން އިޢުލާންކުރައްވައިފިއެވެ.

އެކަން އިއުލާނުކޮށްފައި ވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

ވަޒީރު ވިދާލުވީ، މިނިސްޓްރީން އޮތީ އާދަޔާ ޚިލާފަށް މި ބަލި ފެތުރިދާނެ ހާލަތަކަށް ވެސް ތައްޔާރަށް ކަމަށެވެ. އަދި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ވީހާވެސް އަވަހަށް ހޮސްޕިޓަލަކަށް ދިއުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

މީސަލްސް ނުވަތަ ހިމަބިއްސާ ގުޅޭ މައުލޫމާތު ހޯއްދެވުމަށް މިނިސްޓްރީގެ ނަމްބަރ 7377004 އަށް ގުޅުއްވުމަށް އެފަރާތުން އެދެއެވެ.

ހިމަބިހި(Measles) ނުވަތަ ހިމަ ބިއްސަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިބަލި ޖައްސަނީ ޕެރަމިކްސޯ ވައިރަސް(Paramyxovirus) ގެ ތެރޭގައި ހިމެނޭ މީސްލް ވައިރަސް(Measles) ގެ ސަބަބުންނެވެ. އާންމު ގޮތެއްގައި މިބުނި ވައިރަސް އަކީ ނޭވާލާ ނިޒާމަށް ބަލި ޖައްސުވާ ވައިރަސް އެކެވެ. ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވިޔަސް އާންމުކޮށް ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހިމަބިހި ޖެހިދާނެ އެވެ. އެއްފަހަރު ހިމަބިހި ޖެހުމުން މުޅި އުމުރަށް އެމީހާ ހިމަބިހިން ދިފާޢުކޮށް ދެއެވެ. 1963 ވަނަ އަހަރު ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ތަޢާރަފްކުރި ފަހުން ހިމަބިހި ޖެހޭ މިންވަރު ނިސްބަތުން ދަށްވެގެން ގޮސްފައި ވެއެވެ.

ހިމަބިހި ޖެހެނީ ”މީސްލްސް ވައިރަސް“(Measles) ގެ ސަބަބުންނެވެ. މިއީ ޕެރަމިކްސޯ ވައިރަސް(Paramyxovirus) ގެ ތެރޭގައި ހިމެނޭ ”މޯބިލިވައިރަސް“(Morbillivirus) ގެ ވައްތަރެކެވެ. މިއީ އާރުއެންއޭ ވައިރަސް އެކެވެ. އިންސާނުންގެ ހަށިގަނޑަކީ މިވައިރަސް ގެ ނަސްލު ދަމަހައްޓުމަށް ހިޔާވަހިކަން ހޯދާ ހިޔާވެއްސެވެ.

އެއްވެސް އެހެން ދިރޭއެއްޗެއްގައި މިވައިރަސް ރިޒާވަރެއްގެ ގޮތުން ހުންނަކަން ހޯދިފައެއް ނުވެއެވެ. ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ގައިގައި ނަގާ ބިހިތައް ފެނުމުގެ 5 ދުވަސް ކުރިންނާއި، އަދި ބިހިތައް ފެނުމަށްފަހު 5 ދުވަސް ހަމަވުމާއި ދެމެދުގައި އޮންނަ މުއްދަތުގެ ތެރޭގައެވެ. މިއީ ހިމަބިހީގެ ބަލި ފަތުރާ މުއްދަތު (Infectious period)އެވެ. ހިމަބިހި ޖެހިފައި ތިބޭ މީހުންނާއި، އެކުއުޅޭ 90 އިންސައްތަ މީހުންނަށް ހިމަބިހި ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ބުނެވެއެވެ.

ހިމަބިހި ޖެހުމުން އެންމެ ފުރަތަމަ ފެންނަ އަލާމާތަކީ ގަދަޔަށް ހުން އައުމެވެ. އާންމު ގޮތެއްގައި ހިމަބިހި ޖެހުމުން އަންނަ ހުން ހުންނަނީ 38 ޑިގްރީ ސެލްޒިއަސް އަށްވުރެ މަތީގައެވެ. ބައެއް ފަހަރު ހުންގަދަވެގެން ގޮސް 40 ޑިގްރީ ސެލްޒިއަސް އަށް ވެސް އަރައެވެ.

އެއަށްފަހު ފެންނަ އަލާމާތްތަކުގެ ތެރޭގައި ނޭފަތުން އަރިދަފުސް ނުވަތަ ފެންއައުން، ކިނބިހިއެޅުން، ކަރުތެރެ ހަލާކުވެ ފާރުވުން، ކެއްސުން، ވަރުބަލިވުން، ނުތަނަވަސްވުން، ގައިގައި ނުވަތަ މަސްތަކުގައި ރިހުން، އަދި ކާހިތްނުވުން ފަދަ ކަންތައްތައް ހިމެނެއެވެ. ވަރަށް ގިނަ ފަހަރު ލޯރަތްވެ،ލޮލަށް ލޭއެރި، ހިރުވައި، ދުޅަވެ، އައްޔަށް ތަހައްމަލު ނުކުރެވޭގޮތް (އަލިވުމުން އުދަނގޫވުން) ދިމާވެއެވެ. މަދުން ނަމަވެސް ހަށިގަނޑުގެ އެކި ހިސާބު ތަކުގައި ގޮށްލުމަކީ ވެދާނެ ގޮތެކެވެ. ހިމަބިހި ހުރިކަން އާންމު ގޮތެއްގައި ދެނެގަނެވެނީ ބަލިޖެހިފައިވާ މީހަކާއި މާގައިގޯޅިކޮށް އުޅުނުތޯ ބެލުން، ބަލީގެ އަލާމާތްތައް ހުރިތޯ ބެލުން، އަދި ޚާއްޞަކޮށް ބައްޔާއި ގުޅިގެން ހަށިގަނޑުގައި ނަގާ ބިހިތައް ހުރިތޯ ބަލައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: