ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ 364 ހައުސިންގ ޔުނިޓުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 364 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބާއި، ބީއެމްއެލްގެ ޗެއަރޕަރސަން އަހްމަދު އަލީ ހަބީބާއި، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާމްގެ އިތުރުން، މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ އަމީން ކޮންސްޓްރަކްޝަންގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މަޝްރޫޢުގެ ތަފްސީލް

މި 364 ހައުސިންގ ޔުނިޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރާއްޖޭގެ ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ އަމީން ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ދެ ޓަވަރެވެ. މި ޓަވަރުތަކުގައި ހިމެނޭނީ 3 ކޮޓަރީގެ ފްލެޓްތަކެއް ކަމަށާއި، ކޮންމެ ފްލެޓެއްގެ ބޮޑުމިނަކީ 900 އަކަފޫޓު ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މި މަޝްރޫޢަކީ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގގެ ދަށުން ކަނޑައަޅާފައިވާ މަގުސަދުތައް ހާސިލްކުރުމަށް ބީއެމްއެލްއިން އުފެއްދި ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީގެ ބޮޑު މަޝްރޫޢެއްގެ ބައެކެވެ. އެ ކުންފުނިން ޖުމުލަ 3,260 ހައުސިންގ ޔުނިޓް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. ބޭންކުން ލަފާކުރާ ގޮތުގައި މި ހުރިހާ ޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެއެވެ.

މަޝްރޫޢު ކުރިއަށްދާ ސަރަހައްދުތައް

ހައުސިންގ ޔުނިޓްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ ވިލިމާލެއާއި ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 3 ގައެވެ. އެގޮތުން ވިލިމާލޭގައި 300 ހައުސިންގ ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2,960 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހުރިހާ ޔުނިޓްތަކުގެ އަމަލީ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.

މި މަޝްރޫޢުތައް ކުރިއަށްގެންދަނީ ރާއްޖެއާއި ރާއްޖޭއިން ބޭރުގެ މަޝްހޫރު ކުންފުނިތަކާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ސީއެމްއީސީ އާއި ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕްގެ އިތުރުން ރާއްޖޭގެ އަމީން ކޮންސްޓްރަކްޝަން، އެފްޑަބްލިއު ކޮންސްޓްރަކްޝަން އަދި އާރްސީސީ ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: