ށ. ފުނަދޫގައި ތަރައްގީ ކުރި ޑޮމެސްޓިކް އެއާޕޯޓަށް މިއަދު ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.
މިއަދު ހެނދުނު، ފުނަދޫ އެއާޕޯޓްގައި ޖެއްސި ޓެސްޓް ފްލައިޓަށް މަރުޙަބާ ކިޔަން އެރަށުގެ ކުދިބޮޑު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއާޕޯޓް ސަރަހައްދަށް ޖަމާވެފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، ފުނަދޫ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވާ ކަމަށާއި ފެބްރުއަރީ 1 އިން ފެށިގެން ރަސްމީކޮށް އެއާޕޯޓް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ފުރަތަމަ ހަފްތާއަކު ތިން ފްލައިޓް ދަތުރު ކުރާނެ ކަމަށާއި އަދި މާރިޗް މަސް ނިމެންވާއިރަށް ދުވާލަކު ތިން ފްލައިޓަށް ބަދަލުވެގެން ދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ފުނަދޫ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.
ފޮނަދޫ އެއާޕޯޓު ތަރްއްީކުރަން ފެށުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

