ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންގްރެސް ޕާޓީގެ ކެންޕެއިން ނިންމާ ”ރައްޔިތުންގެ ބޮޑު ހިނގާލުން“ މިއަދު ހަވީރު!

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ނިންމާލުމަށް ބޭއްވި ހިނގާލުން ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ކެމްޕެއިން ނިންމަން ޚާއްސަ ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

“ރައްޔިތުންގެ ބޮޑު ހިނގާލުން” އޮންނާނީ މިއަދު ހަވީރު 15:45 ގައެވެ. ހިނގާލުން ފެށޭނީ ބޮޑުތަކުރުފާނު ޕީއެންސީ ޖަގަހަ ކުރިމަތީންނެވެ.

މިއަދުގެ މި ބޮޑު ހިނގާލުމުގައި ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކޮންގްރެސް ޕާޓީން ވަނީ އެދިފައެވެ.

މި ހިނގާލުމަކީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު އިންތިޚާބުތަކުގެ ކެންޕެއިން ނިންމާލުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. އަދި އިރުއޮއްސި 06:00 ގެ ފަހުން ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދިއުން މަނާވާނެ އެވެ.

ހޮނިހިރު ދުވަހު މުހިންމު ތިން ވޯޓެއް ނަގާނެއެވެ.

އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެވެ. ފެންނަ ނުފެންނަ ވޯޓް ނަގަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއިމެދުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: