ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން އެގައުމުގައި ތިބި ހުރިހާ ދިވެހިންވެސް އެމްބަސީގައި ރަޖިސްޓްރީ ކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ޗައިނާގައި ކޮރޯނާ ވައިރަސް ފެެތުރޭތީ، އެ ގައުމުގައި ތިބި ދިވެހިންގެ ހާލު ބެއިޖިންގައި ހުންނަ ރާއްޖޭގެ އެމްބަސީން ގެންދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ.
ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ޕްރޮވިންސްގައި ތިބި ހަ ދިވެހިންނާ އެމްބަސީން ގުޅި ކަމަށް މިނިސްޓްރީން ބުނެ އެވެ. ދިވެހި ސަރުކާރުން ބުނިގޮތުގައި، ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީއާ އެކު ކުރަން ޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
މީގެއިތުރުން ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ޕްރޮވިންސްގައި ހަ ދިވެހިން އެބަތިބި ކަަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ. ދިވެހިންނާ އެމްބަސީއަށް ގުޅިފައިވާއިރު، ވޫހާންގައި ތިބި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ޗައިނާގައި އުޅޭ އެހެން ގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން ޗައިނާ ފޮރިން މިނިސްޓްރީން ދީފައިވާ ކަމަށެވެ.
ވޫހާން ސިޓީ އިން މިދިޔަ ޑިސެމްބަރު މަހު ފުރަތަމަ ފެނުނު ވައިރަސް މިހާތަނަށް 500 އަށް ވުރެ ގިނަ މީހުންނަށް ޖެހި، 17 މީހަކު ވަނީ މަރުވެފަ އެވެ. އެ ވައިރަސް އިތުރަށް ފެތުރުން ކޮންޓްރޯލް ކުރެވޭތޯ ޗައިނާ އިން ވަނީ ވޫހާން ސިޓީ އާއި އެ ރަށާ ކައިރީގައި އޮންނަ ހުއާގޭންގް ނަމަކަށް ކިޔާ ރަށް ވެސް ކަރަންޓީނު ކޮށްފަ އެވެ.

