އޭޕްރިލް 4 ގައި ިން ވޯޓު ނަގާއިރު، އެމީހަކަށް ލިބޭނީ އިހުތިޔާރު ކުރާ ކަރުދާސްކޮޅެއް ކަމަށާއި އެކަން އިއުލާނުވެސް ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަން އަދި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒާހިދު ވިދާޅުވީ ތިން ވޯޓު ކަރުދާސްކޮޅު ކޮންމެ މީހަކަށްވެސް ލިބޭނެ ކަމަށާއި، އެހެންނަމަވެސް އެމީހަކު ވަކި ކަރުދާސްކޮޅެއް ބޭނުން ނުވާ ކަމަށް ވާނަމަ، އެ ކަރުދާސްކޮޅެއް އެމީހަކަށް ނުދޭނެ ކަމަށެވެ. އަދި އެކަން އެ ސްޓޭޝަނަކުން އިންއުލާނު ވެސް ކުރާނެ ކަމަށް ޒާހިދު ވަނީ ބުނެފައެވެ.
ޒާހިދު ވިދާޅުވީ އެކަން އިއުލާނު ކުރާނެ ކަމަށާއި އެކަން އެހެން ކުރަނީ އޮބްޒާވަރުންނާއި އަދި މޮނީޓަރުންނަށްވެސް އެކަން ނޯޓު ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށާއި އަދި ޓެލީ ކުރުމުގެ ކަންކަން ވެސް ހަމަޖެހިގެން ދާނެ ކަމަށެވެ.
ޒާހިދު ވިދާޅުވީ ކުރިންވެސް އިންތިހާބުގައި، ވަކި ކަރުދާސްކޮޅެއް ބޭނުން ނޫން ނަމަ އެ މީހަކަށް އެ ކަރުދާސްކޮޅެއް ނުދޭނެ ކަމަށާއި އެއީ ވޯޓު ލާ ފަރާތުގެ ިއހުތިޔާރެއް ކަމަށެވެ.
ޒާހިދު ވިދާޅުވީ އެކަން އިއުލާނުކުރުމަށްފަހު ހާދިސާ ރިޕޯޓުގައިވެސް ލިޔާނެ ކަމަށާއި، އެކަން އޮބްޒާވަރުންނާއި މޮނިޓަރުންނަށް އަންގާނެ ކަމަށެވެ.

