ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުއްތު ކުއްޖާ ރޭޕް ކުރި މީހުންގެ ދިފާޢުގައި ވާހަކަދެއްކި މަދީހާގެ ކެންޑިޑެސީ ބާތިލްކޮށްފި!

މަދީހާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ކަނޑުހުޅުދޫގައި އުމުރުން ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ރަސްމީ އިދާރާތަކުން ބުނާ ވާހަކަ ގަބޫލުނުކޮށް، އަދި އެ ކުއްޖާ ރޭޕް ކުރިކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ދިފާޢުގައި ވާހަކަދެއްކި އެމްޑީޕީގެ މެންބަރު މަދީހާ އަބްދުﷲ ގެ ކެންޑިޑެސީ ބާތިލް ކުރަން އެމްޑީޕީން ނިންމައިފިއެވެ.

ތުއްތު ކުއްޖާ ރޭޕްކުރި މީހުންގެ ދިފާއުގައި ވާހަކަދައްކަމުން، ”ސަން“ އަށް ދިން އިންޓަވިއުއެއްގައި މަދީހާ ބުނީ ތުއްތު ކުއްޖާ ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

”ދެއަހަރު ކުއްޖަކު ތިން ފިރިހެނަކު ވެގެން ރޭޕް ކުރި ނަމަ އެކުއްޖާ އެހާ ހެޕީކޮށް، ދުވެ އުޅޭނެ ހެއްޔޭ އަހަރުމެންގެ ސުވާލަކީ. އެކުއްޖާ ދުނިޔޭގައި އޮންނާނެހޭ އެވަރު ކުރި ނަމަ. މިހާރު ފަރުވާ ދިނުމަށްފަހު މާލެއިންވެސް ވަނީ ދޫކޮށްލާފައި. އެވަރުވީ ނަމަ ކުއްޖާ ދޫކޮށްލާނެތޯ. އެކުއްޖާ ދުނިޔޭގައި އޮންނާނެތޯ އެވަރު ކުރި ނަމަ“ މަދީހާ ބުންޏެވެ.

މަދީހާގެ ވާހަކަތަކާއި ގުޅިގެން އޭނާގެ ކެންޑިޑެސީ ބާތިލް ކުރަން ގިނަ ބަޔަކު މީސް މީޑިއާގައި ގޮވާލާފައި ވެއެވެ. މަދީހާ ދެއްކި ވާހަކަތަކަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެމްޑީޕީ އިން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ހުއްޓުވަމީ އެމްޑީޕީގެ އެއް ވިސްނުން ކަމަށެވެ.

މަދީހާ އަކީ ދެއަހަރުގެ ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކާފަގެ ކޮއްކޮ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: