ސަންގުން ދޮގެއް ނަހަދާނެ

ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލައިވް ބްލޮގް

ލައިވް ބްލޮގް: 3 އިންތިޚާބުގެ ވޯޓުލުން: މިހާތަނަށް ބަންދުކުރެވިފައިވަނީ ޖުމްލަ 588 ފޮށީގެ ތެރެއިން 512 ފޮށި: އީސީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރިޔާސީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު

މިއަދު ކުރިއަށް ގެންދަނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނަގާ ވޯޓެވެ.

ވޯޓުލުން ފަށާފައިވަނީ މިއަދު 8:00 ގައެވެ. އަދި ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އާއި ހަމައަށެވެ. ވޯޓު ނެގުން ލަސްވިޔަސް އަދި ވޯޓުލުން މެދުކެނޑުނަސް ހަވީރު 4ގައި ކިޔު ބަންދުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަން އީސީއިން ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ.

އަދި ކިއު ބަންދުކުމަށްފަހު އެއްވެސް މީހަކަށް ކިއުއަށް އެރުމަށް ފުރުސަތެއް ނުލިބޭނެކަމަށް އީސީން ވަނީ ބުނެފައެވެ. އެހެންކަމުން ހުރިހާ ބޭފުޅުންވެސް ގަޑިއަށް ސަމާލުކަން ދެއްވާ އަވަހަށް ވޯޓު ލުމަށް އީސީއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވޯޓުލާންޖެހޭ ފޮއްޓާއި މަރުކަޒު ޔަގީން ކުރުމަށް، VR (space) ID card number ޖެހުމަށްފަހު 1414 އަށް މެސެޖްކޮށްގެން ބަލައިލެވޭނެއެވެ. ވޯޓު ލުމަށް ބޭނުން ކުރެވޭނީ އައިޑީ ކާޑާއި، ޕާސްޕޯޓާއި، ޕާސްޕޯޓް ކާޑާއި، ލައިސަންސްގެ އަސްލު އެކަންޏެވެ. އަދި އީފާސް ބޭނުމެއް ނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ވޯޓު ގުނަން ފަށާނީ، ފޮށި ބަންދުކުރާތާ 1 ގަޑިއިރު ފަހުންނެވެ. ތިން އިންތިޚާބެއްގެ ވޯޓުލުން މިއަދު މި ކުރިއަށްދާއިރު ކޮންމެ އިންތިޚާބަކަށް ޗާޕު ކޮށްފައިވަނީ، ވަކި ކަރުދާހެކެވެ. އެހެންކަމުން ވޯޓުލާ ކޮންމެ މީހަކަށް 3 ކަރުދާސް ލިބޭނެއެވެ. މި އިންތިހާބުގައި ޖުމްލަ  294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އެއީ 150،370 ފިރިހެނުން އަދި 144،506 އަންހެނުންނެވެ. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޙިޔާލު ހޯދުމުގެ އާންމު ވޯޓުގެ ތެރެއިން، ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާނަމަ އެ ފުރުސަތު ކޮންމެ ދިވެހި ރައްޔިތަކަށް އޮންނާނެ ކަމަށް އީސީއިން ވަނީ ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާ ކަމުގައި ވަނީނަމަ، އެ ކަރުދާސް ކޮޅު ނުދީ ވޯޓުލާ މަރުކަޒުތަކުގައި އެ ވަގުތު އިއުލާން ކުރާނެ ކަމަށްވެސް އެކޮމިޝަނުން ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ.

    ވަރަށް ގަދަ
    0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
    ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

    ހިޔާލު ދެއްވާ!

    Your email address will not be published. Required fields are marked *