މާލެ، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހަަބަރު ހުސްވެގެން އައިޖީއެމްްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ.
މާލެ، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ހަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓް މިއަދު ހެނދުނު 06:35 އެހައިކަންހާއިރު ފުލުހުންނަށް ލިބިފަިވާކަމަށް ފުުހުން ވަނީ ވިދާޅުވެފައެވެ.
ހަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެކެވެ. މި އެންމެންނަކީ ވެސް ފިރިހެނުންނެވެ. އެ މީހުންނަށް މިހާރު އައި.ޖީ.އެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންދާކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

