ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްކަން ދެނީ ތައުލީމީ ސެޓްފިކެޓަށްވުރެ ހުނަރަށް: މިނިސްޓަރ މަލީހު

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މަލީހު ޖަމާލް—ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާ ދިނުމުގައި އިސްކަންދެނީ ތައުލީމީ ސެޓްފިކެޓަކަށްވުރެ ބޮޑަށް ހުނަރަށް ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ތައުލީމާބެހޭ ދުވަހާއި ގުޅުވައިގެން މިނިސްޓަރު މަލީހު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ވަޒީފާ ދިނުމުގައި މީހެއްގެ އަތުގައި އޮތް ސެޓްފިކެޓަކަށްވުރެ ބޮޑަށް އިސްކަންދެނީ އެމީހެއްގެ ހުނަރަށް ކަމަށެވެ.

މަލީހު ވިދާޅުވީ ދުނިޔޭގެ އިޤްތިޞާދީ ތަރައްޤީއާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، ވަޒީފާ ދިނުމުގައި ބަލާ ކަންތައްތަކަށްވެސް ބޮޑު ބަދަލެއް އައިސްފައިވާކަމަށެވެ.

ވަޒީފާގެ ބާޒާރުގައި މިހާރު އިސްކަންދެނީ އެމީހެއްގެ އަޙްލާޤާއި ސުލޫކާއި ތޫނުފިލިކަމަށް ކަމަށް މަލީހު ވިދާޅުވިއެވެ. އަދި އިމްތިޙާނުތަކުން ހޯދާ މަތީ މާކުހާއި ލިބޭ ސެޓްފިކެޓްތަކަށްވުރެ އެކަންކަމަށް އިސްކަންދޭ ކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވި ގޮތުގައި މައްސަލަތަކާއި ކުރިމަތިލުމާއި، މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ހުނަރަކީވެސް ސެޓްފިކެޓަށްވުރެ އިސްކަންދޭ ކަންކަން ކަމެވެ.

”އިމްތިޙާނުތަކުން ހޯދާ މަތީ މާކުހާއި ލިބޭ ސެޓްފިކެޓްތަކަށްވުރެ، ވަޒީފާގެ ބާޒާރުގައި މިހާރު އިސްކަންދެނީ އެމީހެއްގެ އަޙްލާޤާއި ސުލޫކާއި ތޫނުފިލި ކަމަށް، މައްސަލަތަކާއި ކުރިމަތިލުމާއި، މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ހުނަރަކީވެސް ސެޓްފިކެޓަށްވުރެ އިސްކަންދޭ ކަންކަން“ މަލީހުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މަލީހު ވިދާޅުވި ގޮތުގައި ޒަމާނަށް ބޭނުންވާ ފަންނުތަކުގެ ބިންގަލަކީ ހިސާބުގެ އިލްމެމެވެ. އެގޮތުން ކޮމްޕިއުޓަރ ޕްރޮގްރާމްކުރުން، އާޓިފިޝަލް އިންޓެލިޖެންސް، ކޮންސްޓްރަކްޝަން، ކުރެހުން، ސިވިލް އިނޖިނިއަރިން، ރޮބޮޓިކްސް، ކެމިސްޓްރީ، ފިޒިކްސް، އޭވިއޭޝަން، ފައިނޭންސް ފަދަ ދާއިރާއެއްގައިވެސް އެންމެ މުހިންމީ ހިސާބު އިލްމު ކަމަށް ވިދާޅުވިއެވެ.

ހިސާބު ފޮތުގައި ހުންނަ ފޯމިއުލާތަކާއި ނަންބަރުތަކަކީ ޕްރެކްޓިސް ކޮށްލަން އޮންނަ އެއްޗެއްކަމަށް ޤަބޫލުކޮށްގެން ނުވާނެ ކަމަށާއި ޓެކްސްޓް ފޮތުގައި ހުންނަ މާއްދާ ރަނގަޅަށް ފަހުމްކޮށްދީ، ކަންކަން ތަޖުރިބާ ކުރުމުގެ ފުރުސަތު ދަރިންނަށް ހޯދަދޭންޖެހޭ ކަމަށް މަލީހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: