ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ނެގި ވޯޓުން އެމްޑީޕީން ސަރުކާރު ބަލިކޮށްފި: ރައީސް ނަޝީދު ވިދާޅުވެއްޖެ!

ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ބޭއްވި ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސަރުކާރުގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ އިންތިޚާބާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކްފާނު ވިދާޅުވި ގޮތުގައި މިއަދު ނެގި ވޯޓުގައި އެމްޑީޕީން މިވަނީ ވަރަށް ބޮޑުތަނުން ސަރުކާރު ބަލިކޮށް، ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެއް ހޯދާފައެވެ.

އިންތިޚާބުގެ ނަތީޖާއަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސިޓީއަކުންނާއި ގިނަ ރަށްތަކަކުން ސަރުކާރަށް ”ނޫނެކޭ“ ބުނެފައިވާ ކަމަށެވެ. އަދި ފެންނަ ނުފެންނަ ވޯޓުގައި ވެސް ރައްޔިތުން ބޮޑުތަނުން ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ވޯޓު ދީފައިވާކަން އެމަނިކްފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދުގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ އިންތިޚާބުގައި ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވަމުންނެވެ. ހަމައެއާއެކު، އިންތިޚާބުގައި ވާދަކުރި ވާދަވެރި ކެންޑިޑޭޓުންނަށް ވެސް އެމަނިކްފާނު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ގިނަ ދާއިރާތަކަކުން އެމްޑީޕީން ވަނީ ބޮޑު ކުރިހޯދުމެއް ހޯދާފައެވެ. މި ކާމިޔާބީއާ ގުޅިގެން އެމްޑީޕީގެ ސަޕޯޓަރުން އަންނަނީ އެކި ސަރަހައްދުތަކުގައި އުފާފާޅުކުރަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: