ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު މިފެނުނީ މުޅި ރާއްޖެ އަލުން ”ރަންރީނދޫ“ ވެގެން ދިޔަ މަންޒަރު: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު މިފެނުނީ މުޅި ރާއްޖެ އަލުން ”ރަންރީނދޫ“ ވެގެން ދިޔަ މަންޒަރު ކަމުގައި އެމްޑީޕީގެ ރައީސް އަބްދުއްﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޙިޔާލު ހޯދުމަށް ނެގި ރެފަރެންޑަމް ވޯޓާއި ގުޅުވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިގޮތުން ޝާހިދު ވިދާޅުވީ، ސަރުކާރުން ގެންގުޅޭ ދޯހަޅި އަދި ދެއުޅިއެއްނުވާ ސިޔާސަތަށް ރައްޔިތުން ނުރުހޭ ކަމުގެ ސާފުމެސެޖެއް އިއްޔެގެ އިންތިޚާބުގެ ނަތީޖާއިން އިނގިގެން ގޮސްފިކަމަށެވެ. މިއީ ރައްޔިތުންގެ ނިންމުން ވަރަށް ސާފުކޮށް ފެނިގެންދިޔަ އިންތިޚާބެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ފުރުސަތުގައި އެމްޑީޕީގެ ހިތްވަރުގަދަ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކާއި، ރަންރީނދޫ ލަޝްކަރާއި، މި މަސައްކަތުގައި ބައިވެރިވެވަޑައިގެންދެއްވި އެންމެހާ ބޭފުޅުންނަށް ޝާހިދު ވަނީ ސާބަސްދެއްވާފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީ އަބަދުވެސް ދެމިއޮންނާނީ ދިވެހިރައްޔިތުންގެ ވިންދާއި ޚިޔާލާއި މަޝްވަރާއާއި އެކު ރައްޔިތުންގެ ޚިދުމަތުގައި ކަމަށެވެ.

އިއްޔެ ބޭއްވުނު އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ގިނަ ދާއިރާތަކަކުން އެމްޑީޕީން ވަނީ ބޮޑު ކުރިހޯދުމެއް ހޯދާފައެވެ. މި ކާމިޔާބީއާ ގުޅިގެން އެމްޑީޕީގެ ސަޕޯޓަރުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުފާފާޅުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: