ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދިއުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދިއުމަށް ބޭނުންވާ ސާމާނު ތަޢުލީމީ ވުޒާރާއިން ފޯރުކޮށްދީފިއެވެ.

ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ މަރުކަޒުގެ ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދިއުމަށް ބޭނުންވާ މުހިންމު ސާމާނުތައް ތަޢުލީމީ ވުޒާރާއިން އެ ރަށަށް ފޮނުވައި، އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ބާރުސްޕީޑުގައި ފަށައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި މި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި އެ ސްކޫލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ސްކޫލުގެ ޕްރައިމަރީ ޓީޗަރުން ބޭނުންކުރާ ސްޓާފްރޫމާއި، ޕްރިންޓިން ރޫމްގެ އިތުރުން އެއް ކިލާސްރޫމް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

މި ހާދިސާ ހިނގުމާއެކު، ސަރުކާރުން ވަނީ ކަންކަން ހަމައަކަށް އެޅުވުމަށް ވަގުތުން ފިޔަވަޅު އަޅަން ފަށާފައެވެ. އެގޮތުން، ތަޢުލީމީ ވުޒާރާގެ ޚާއްޞަ ޓީމެއް ވަނީ ހާދިސާ ހިނގިތާ 24 ގަޑިއިރު ނުވަނީސް ވިލިނގިއްޔަށް ގޮސް، ސްކޫލުގެ ހާލަތު ވަޒަންކޮށްފައެވެ. އަދި ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނޭހެން ކަންކަން އިންތިޒާމު ކުރުމަށްޓަކައި، ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެގޮތުން، އެއަރ ކާގޯ މެދުވެރިކޮށް މިހާރު ވަނީ 10 ކޮމްޕިއުޓަރު ސިސްޓަމާއި، 3 ޕްރިންޓަރުގެ އިތުރުން 15 ފޮށިގަނޑު ޓެކްސްޓް ފޮތް އެ ސްކޫލަށް ފޮނުވާފައެވެ. ތަޢުލީމީ ވުޒާރާއިން ބުނީ ސްކޫލުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ދަރިވަރުންގެ އުނގެނުމަށް ބޭނުންވާ އިތުރު ކަންކަންވެސް ހަމަޖައްސަމުންދާ ކަމަށެވެ.

މަޢުލޫމާތު ލިބޭގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ސްޓާފްރޫމުގައި ހުރި އޭސީއެއްގައި ރޯވެގެންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ސަރުކާރުގެ އަމާޒަކީ ވީއެންމެ އަވަހަކަށް ސްކޫލުގެ ޚިދުމަތްތައް އާންމު ހާލަތަކަށް ގެނައުމެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: