ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮލިސް ކޮމިޝަނަރަކަށް އަޙްމަދު މުޙައްމަދު އައްޔަން ކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަނަރަކަށް އަޙްމަދު މުޙައްމަދު މިއަދު އައްޔަން ކުރައްވައިފިއެވެ.

އަޙްމަދު މުޙައްމަދު މި މަޤާމަށް އައްޔަން ކުރައްވާފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ކުރިން ހުންނެވި އިސްމާއިލް ނަވީން އެ މަޤާމުން ރިޓަޔަރ ކުރެއްވުމާ ގުޅިގެން، އެ މަޤާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރޭގައި އަޙްމަދު މުޙައްމަދު ހިމެނިވަޑައިގަންނަވައެވެ. މި މަޤާމަށް ދެން ކުރިމަތިލެއްވީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފްއެވެ.

އަލަށް އައްޔަންކުރެވުނު ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދަކީ 1995 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ޚިދުމަތުގައި 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާއަކީ ފުލުހުންގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާތަކުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ތަޢުލީމީ ގޮތުން ބަލާއިރު، އަޙްމަދު މުޙައްމަދު ވަނީ ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރީއާ އަދި ބެޗްލަރ އޮފް ޝަރީއާ (އޮނަރސް) ހާސިލުކުރައްވާފައެވެ. މީގެއިތުރުން، އިންޑިއާގެ ސަރްދާރު ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީން އައި.ޕީ.އެސް ޕްރޮބޭޝަނަރސް ބޭސިކް ޓްރޭނިންގ ކޯހާއި، ސީނިއަރ އޮފިސަރުންނަށް ބޭނުންވާ މުހިންމު ތަމްރީނުތައް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި، ކޮމިޝަނަރ އޮފް ޕޮލިސްގެ ހައިސިއްޔަތުން ކުރައްވާ އެންމެހައި މަސައްކަތްޕުޅުތަކުގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށެވެ. އަދި މި މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ.

އަޙްމަދު މުޙައްމަދަކީ މި ސަރުކާރުގެ ތިންވަނަ ޕޮލިސް ކޮމިޝަނަރުކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: