ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަސްގެ ވައުދު: ރައްޔިތުންނާއެކު ރާޒުވާ ކުޅޭނަން!

އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ މޭޔަރުކަމަށް ހޮވިވަޑައިގެންފިނަމަ ކުރައްވާނެ ބައެއް ކަންކަން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ހާމަކުރައްވައިފިއެވެ.

އަނަސް ވިދާޅުވީ، ރައްޔިތުންނާއެކު ޚިޔާލުބަދަލުކޮށްލަން ރާޒުވާ ނޫނީ ތާސްގަނޑެއް ޖަހާލުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށެވެ. މީގެ އިތުރުންވެސް ގިނަ ކަންތައްތައް ކުރައްވާނެ ކަމަށް އަނަސް ވަނީ ވިދާޅުވެފައެވެ.

އަނަސް ވިދާޅުވީ، ހޮވި ވަޑައިގެންފި ނަމަ ކަންކަން ނިންމަވާނީ ރައްޔިތުންގެ ހިޔާލާއި، ފަންނީ މަޝްވަރާއަށް ބިނާކޮށްކަމަށެވެ. އަދި ކޮންމެ 3 މަހުން އެއް މަހު ޓައުން ހޯލް މީޓިން ބާއްވާ، ރައްޔިތުންނާއި މައުލޫމާތު ހިއްސާ ކުރައްވާނެކަމަށް އަނަސް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ޝަކުވާ ހުށަހެޅޭ ހޮޓްލައިނެއްވެސް ޤާއިމް ކުރައްވާނެ ކަމަށް އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މާލެ ސްމާޓު ސިޓީއަކަށް ބަދަލުކޮށް ދެމެހެއްޓެނެވި ތަރައްޤީ މާލެއަށް ގެންނަވާނެކަމަށް އަނަސް ވިދާޅުވިއެވެ. އަދި އެކި އުމުރުފުރާގެ މީހުންނަށް ހިދުމަތް ލިބޭ ކޮމިއުނިޓީ ސެންޓަރުތަކާއި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންހެނުންނަށް ޝެލްޓާ ޤާއިމްކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

އަނަސް ދަނީ މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ހޯޢްދެވުމަށް އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވަމުންނެވެ. އަނަސްގެ އިތުރުން 6 ބޭފުޅަކު އެމްޑީޕީޣެ ޓިކެޓަށް ވާދަކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: