ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު އަޅަން 72 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި،މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. އަދި 11 މަސް ދުވަސް ތެރޭ ނިންމާގޮތަށް މަޝްރޫއު ހަވާލުކޮށްފައި ވަނި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން އާއި އެވެ.
މި އެއްބަސްވުމުގައި، މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސޯލިހް ޝަރީފް އެވެ. އަދި އާރްސީސީގެ ފަަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދެވެ.
ހައުސިން ޔުނިޓުތަކާއި ބެހޭ މައުލޫމާތު ހިއްސާކޮށް، ހައުސިން މިނިސްޓްރީއިން ބުނެފައިވަނީ މަޝްރޫއުގައި ހިމެނެނީ ތިން ފްލޯ އާއި، ތިން ބްލޮކާއި ހަތަރު ފްލޯގެ އެއް ބްލޮކު ކަމަށެވެ. އަދި ތިން ފްލޯގެ ބްލޮކުތަކުގައި 24 އެޕާޓުމެންޓު ޔުނިޓާއި، ހަތަރު ފްލޯގެ ބްލޮކުތަކުގައި 28 އެޕާޓްމެންޓު ހިމެނޭނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ހައުސިން މިނިސްޓްރީއިން ވަމީ މާފިލާފުށިއިން ނައިފަރަށް ބަދަލު ކުރި އާއިލާއަކަށް، އެއް ފްލޯގެ އެއް ހައުސިން ޔުނިޓު ހާއްސަކޮށްފައިވާ ކަމަށެވެ. އަދި 1000 އަކަފޫޓުގެ އެތަނުގައި ތިން ކޮޓަރީގެ އިތުރުން ތިން ފާހަނާ، ސިޓިން ރޫމް އަދި ބަދިގެއެއް ހުންނާނެއެވެ. އަދި ސްޓޯރޭޖް އޭރިއާއެއް ހިމެނޭނެއެވެ.
މި މަޝްރޫއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން، އާރްސީސީގެ ޑިރެކްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ، މި ހައުސިން ޔުނިޓުތައް ނައިފަރުގައި އިމާރާތް ކުރަނީ ނެއިބަހުޑްގައި ހިތްފަސޭހަ ކުރެވޭނެ ޖާގަ އެއްވެސް ހިމަނާ، އެ ސަރަހައްދުގައި ދިރިއުޅޭ ކުޑަކުދިންނަށް ކުޅޭނެ ސަރަހައްދެއްވެސް ހިމެނުމަށްފަހު ކަމަށެވެ. އަދި ރަށުވަންތަކަން ނުގެއްލޭނެ ގޮތަކަށް ހެދުމަށް މަޝްރޫއު ކުރިއަށްގެންދާނެ ކަމަށެވެ.

