ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އޯގާތެރި ދަޢުވާ“ ގެ ނަމުގައި ކެމްޕޭނެއް ފަށައިފި!

މިސްކިތެއްގައި ނަމާދުކުރަނީ - ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓް ގުޅިގެން ”އޯގާތެރި ދަޢުވާ“ ގެ ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ.

މިއީ ދީނާގުޅޭ ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، ރައްޔިތުންގެ މެދުގައި އުފެދިފައިވާ ދީނީ އިޚްތިލާފްތަކުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މިކެމްޕޭން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. މި ކެމްޕޭނުގެ ބައެއްގެ މި ހިނގާ ޖަނަވަރީ މަހުގެ 25 އިން އަންނަ ފެބުރުއަރީ 6 އަށް ފ. އަތޮޅުގެ ބައެއް ރަށްރަށުގައި މިޕްރޮގްރާމު ކުރިއަށް ގެންދާނެއެވެ.

އެގޮތުން ނިލަންދޫގައި މި ޕްރޮގްރާމް ހިންގާނީ ޖަނަވަރީ 25 އިން 27 އަށެވެ. ފީއަލީގައި ހިންގާނީ 28 ޖަނަވަރީން 30 ޖަނަވަރީއަށެވެ. މަގޫދޫގައި ހިންގާނީ ފެބުރުއަރީ 1 އިން 3 އަށެވެ. ބިލެތްދޫގައި ހިންގާނީ 4 ފެބުރުއަރީން 6 ފެބުރުއަރީއަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ޖަނަވަރީ 12 އިން 17 އަށް ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގްރާމެއް ހިންގާފައިވާ ކަމަށް ވެސް އެމިނިސްޓްރީން ވިދާޅުވިއެވެ. އެ ޕްރޮގްރާމް ހުރިހާ ރަށެއްގެ ޢާއްމުންނަށާއި ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށް ވަނީ ހިންގައިފައެވެ. ޕްރޮގްރާމްގައި ހިމެނިފައިވާ ބައިތައްކަކީ، ޑޯޓުޑޯއާއި، ދަރިވަރުންނަށް ދީނީ ނަޞޭޙަތް ދިނުމާއި، ޢާއްމުންނަށް ދީނީ ނަޞޭޙަތް ދިނުމެވެ.

މީގެ އިތުރުން ޖަނަވަރީ 24 އިން ފެބްރުއަރީ 8 އަށް ހދ. އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް މިޕްރޮގްރާމް ހިންގާނެއެވެ. އެ އަތޮޅުގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ޢާއްމުންނަށާއި ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ. ޕްރޮގްރާމްގައި ވެސް ޑޯޓުޑޯއާއި، ދަރިވަރުންނަށް ދީނީ ނަޞޭޙަތް ދިނުމާއި، ޢާއްމުންނަށް ދީނީ ނަޞޭޙަތް ދިނުން ހިމެނެއެވެ. މާފުށީ ޖަލާއި ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގްރާމެއް އިއްޔެ ވަނީ ހިންގައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: