ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގައި ތިބި ދިވެހީންނަށް ހިލޭ ރާއްޖެ އާދެވޭނެ ގޮތް ހައްދަވައިފި!

ޗައިނާ އާއި ދިވެހިރާއްގެ ދިދަ ---- މިއީ އެކުވެރި ދެ ގައުމު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރެމުންދާ، ޗައިނާގެ ފަސް ސިޓީއެއްގައި ތިބި ދިވެހީންނަށް، ހިލޭ ރާއްޖެ އާދެވޭނެގޮތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހަމަޖައްސަވައިދެއްވައިފިއެވެ.

ރައީސް އެކަން އެގޮތަށް ކުރެއްވުމަށް ނިންމަވާފައިވާކަންއިއުލާންކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.

އެގޮތުން، މިނިސްޓަރ ޝާހިދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެ ފަސް ސިޓީ އަކީ، ދިވެހިރާއްޖޭގެ ގައުމީ އެއާލައިން ”މޯލްޑިވިއަން“ ދަތުރުކުރާ ފަސް ސިޓީ ކަމަށެވެ. އެ ފަސް ސިޓީގައި މިވަގުތު ތިބި ދިވެހީން ރާއްޖެއަށް އައުމުގެ ފުރުސަތު އެފަރާތްތަކަށް ރައީސް ވަނީ ހުޅުވާލައްވާފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެ ފަސް ސިޓީއަކީ ޗޮންގކިންގ، ޗެންގްޑޫ، ހަންގްޒޫ، ނަންގްޖިންގް އަދި ޒިއާން އެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވެފައިވަނީ، އެ ސިޓީތަކުގައި ތިބި ދިވެހީން ރާއްޖެއަށް އަންނަން ބޭނުން ކަމަށް ވާނަމަ ޗައިންނާގައި ހުންނަ ދިވެހި އެމްބަސީއަށް ހުށަހެޅުމުން ހަމަޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: