ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްއޭގެ ވޯކާޒް ރެމިޓެންސް ސާވޭ މިއަދު!

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއާ ބެހޭ ސާވޭ މިއަދު ގްރޭޓާ މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާނެކަަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މި ސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެންނެވެ.

މިއީ ބެލެންސް އޮފް ޕޭމަންޓްސް ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ ޑޭޓާ ހޯދުމަށް ކުރިއަށް ގެންދާ ސާވޭއެކެވެ.

އެމްއެމްއޭއިން ބުނިގޮތުގައި ސާވޭ މެދުވެރިކޮށް އެއްކުރެވޭ މައުލޫމާތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންގެ ފައިސާ ފޮނުވުމަށް ބޭނުންކުރާ ވަސީލަތްތައް، ފައިސާ ފޮނުވާ ފްރިކުއެންސީ، އަދި ފޮނުވާ ފައިސާގެ އަދަދުތައް ހިމެނެ އެވެ. އަދި ބިދޭސީ މަސައްކަތްތެރިން މި ސާވޭގައި ބައިވެރިވުމަށް އެމްއެމްއޭ އިން ބާރުއަޅައެވެ.

މި ސާވޭގައި މަސައްކަތްތެރީންގެ ނަން، ޕާސްޕޯޓް ނަންބަރު، ނުވަތަ ވޯކް ޕާމިޓް ތަފްސީލު ފަދަ ޒާތީ މައުލޫމާތެއް ނުހޯދާނެއެވެ. އަދި ސާވޭގައި އެއްކުރެވޭ މައުލޫމާތުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން އެ އޮތޯރިޓީން ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: