ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރަށް ކިޔަވަންދާ ދަރިވަރުންގެ ރިކޮގްނިޝަން ލިޔުން އަމިއްލައަށް ހޯދޭނެ، އެއްވެސް ފީއެއް ނުނަގާނެ: އެމްކިއުއޭ

ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ދަސްވެނިވުނު ބައެއް ދަރިވަރުން، ދަސްވެނިވުމުގެ ހަފުލާގައި.--- ފޮޓޯތައް: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރަށް މަތީ ތައުލީމު ހާސިލުކުރަންދާ ދަރިވަރުން ހޯދަންޖެހޭ ”ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް“ ލިޔުން ހޯދުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށާއި، ތިންވަނަ ފަރާތެއް މެދުވެރިނުކޮށް އަމިއްލައަށް އެ ލިޔުމަށް އެދެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ހާމަކޮށްފިއެވެ.

އެމްކިއުއޭ އިން މިކަން ހާމަކޮށްފައިވަނީ، ބޭރަށް ކިޔަވަންދާ ދަރިވަރުންގެ ލިޔެކިޔުންތައް ތައްޔާރުކޮށްދޭ ބައެއް އަމިއްލަ ފަރާތްތަކުން މި ލިޔުން ހޯދައިދިނުމަށް ބޮޑެތި ފީތައް ނަގަމުންދާ މައްސަލަތައް ފެންމަތިވުމުންނެވެ. އެފަދަ ފަރާތްތައް މެދުވެރިކޮށް ހިދުމަތް ހޯދާ ދަރިވަރުންނަށް ސްޓޫޑެންޓް ވިސާ ހަމަނުޖެހުމާއި، ކުލާސްތަކުގައި ބައިވެރިނުވެވުމުގެ މައްސަލަތައް ވެސް ވަނީ ފެންމަތިވެފަ އެވެ

މައްސަލައިގައި އެމްކިއުއޭ އާންމު ކުރި ބަޔާނެއްގައި ބުނީ، ދަރިވަރުން ކުރިއަށްގެންދަން ގަސްތުކުރާ ޕްރޮގްރާމަކީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ ޕްރޮގްރާމެއްކަން ކަށަވަރުކޮށްދޭ މި ލިޔުމަކީ އެއްވެސް ފީއަކާ ނުލައި ދޫކުރާ ލިޔުމެއް ކަމަށެވެ. މި ހިދުމަތަށް އެދި އީމެއިލް މެދުވެރިކޮށް ނުވަތަ އެމްކިއުއޭއަށް ސީދާ ހުށަހަޅައިގެންވެސް ލިޔުން ހޯދޭނެކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަތީ ތައުލީމުގެ ލޯނަށް އެދުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އައު އުސޫލުގެ ދަށުން ލޯނަށް އެދުމަށް ވަކި ސުންގަޑިއެއް ނޯންނާނެތީ، ދަރިވަރުންނަށް ކޮންމެ ވަގުތަކުވެސް ޕްލޭސްމަންޓާއި އެމްކިއުއޭގެ ރިކޮގްނިޝަން ލިޔުން ލިބުމުން ލޯނަށް ހުށަހެޅޭނެ އެވެ.

އެމްކިއުއޭ ބުނީ ލިއުން ހޯދަން އީމެއިލް މެދުވެރިކޮށް އަދި އެ އޮތޯރިޓީއަށް ހާޒިރުވެގެން ވެސް ހުށަހެޅޭނެ ކަމަށެވެ.

މި ބަދަލުގެ އަމާޒަކީ ގައުމަށް ބޭނުންވާ ޓެކްނިކަލް ދާއިރާތަކުން ކިޔަވަން ބޭނުންވާ ކުދިންނަށް ލިމިޓެއް ނެތި ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން އަހަރަކު ދޫކުރާ ލޯނުގެ މަދުވެގެން 50 އިންސައްތަ ޓެކްނިކަލް ދާއިރާތަކަށް ހައްސަކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ކުރިން އޮތް ”އަލަށް ކިޔަވާ ކުދިން“ އަދި ”ކިޔަވަމުންދާ ކުދިން“ ކެޓަގަރީ ވަނީ އުވާލާފައެވެ. ސަރުކާރުން ބުނި ގޮތުގައި މިއީ އެޕްލިކޭޝަން ހުށަހެޅުމުގައި ދަރިވަރުންނަށް އަރާ އޮޅުންތައް ކުޑަކޮށް، ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ލޯނު ލިބޭނެކަން ކަށަވަރުކުރުމަށް ގެނައި ބަދަލެކެވެ.

މި ބަދަލުތަކުގެ ސަބަބުން، ލޯނު ލިބިފައިވެސް ކިޔެވުން ނުފެށި ތިބޭ ދަރިވަރުންގެ އަދަދު މަދުވެ، ދަރިވަރުން ބޭނުންވާ ވަގުތު މާލީ އެހީތެރިކަން ލިބުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: