ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަތަކަށް މަޝްވަރާކޮށް ލީޑަރޝިޕް އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދައިފިން: ޞާލިޙް

އެމްޑީޕީގެ ލީޑަރޝިޕް -- ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއި މައްސަލަތަކަށް މަޝްވަރާކޮށް، ލީޑަރޝިޕް އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދާފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޅ. ހިންނަވަރުގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ތަފާތު ފިކުރުތަކާއި ހިޔާލުތަކަށް ފުރުސަތު އޮތް ޕާޓީއެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެކަން އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ. އަދި ހިޔާލު ތަފާތުވުންތައް އެއްގަލަކަށް އަރުވައި، ޕާޓީގެ އާންމު މެންބަރުން އެދޭ މިސްރާބަށް ދިޔުމަށް އެމްޑީޕީން މީގެ ކުރިންވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފަހަރު ދިމާވި މައްސަލަތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މިއީ ޕާޓީގައި އަބަދުވެސް ދިމާވާ ފަދަ ހިޔާލު ތަފާތުވުންތަކެއް ކަމަށެވެ. ނަމަވެސް މިފަހަރުގެ ކަންތައްތަކުގެ ސަބަބުން ޕާޓީގެ އާންމު މެންބަރުންނަށް ބޮޑު މާޔޫސްކަމެއް ލިބިގެންދިޔަ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެކަން ހައްލުކުރުމަށް މެދުނުކެނޑި މަސައްކަތް ކުރައްވަމުން ގެންދެވި ކަމަށް ވިދާޅުވިއެވެ.

”މީގެ ދެ ދުވަސް ކުރިން މި ޖެހުނު މައްސަލައާއި އެކީގައި އަޅުގަނޑުމެން ހުރިހާ ލީޑަރުން ޕާޓީގެ އިސްކޮށް ތިބި މީހުން މިދަނީ މަޝްވަރާކޮށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން. އިއްޔެވެސް ރޭގަވެސް މިއަދުވެސް އަޅުގަނޑުވެސް ހޭދަކުރީ އެތަނުގައި“ ރައީސް ޞާލިޙް ވިދާޅުވިއެވެ.

މަޝްވަރާތަކުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިހާރު މިކަމަށް ހައްލެއް ލިބިފައިވާ ކަމަށެވެ. އަދި އާންމު މެންބަރުން އެދޭ ފަދައިން މުޅި ލީޑަރޝިޕް އެކުގައި މަސައްކަތް ކުރެވޭނެ މަގު ފަހިވެފައިވާ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅު ނިންމަވާލެއްވީ އެމްޑީޕީގެ ކުރިމަގުގެ ތަސައްވުރާ ގުޅޭގޮތުންނެވެ. އެމަނިކުފާނު ވިދާޅުވީ ޕާޓީގެ އަމާޒަކީ ލީޑަރޝިޕް އެކަތިގަނޑެއްގެ ގޮތުގައި އޮވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: