ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު އެމްޑީޕީގެ އެޑްވައިޒަރަކަށް ހަމަޖެއްސުމަށް އެމްޑީޕީ ގައުމީ މަޖިލީހުން ފާސްކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ، އެމްޑީޕީގެ އެޑްވައިޒަރެއްގެ ގޮތުގައި ހަމަޖެއްސުމަށް، ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.

އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ހައްލުކޮށް، ޕާޓީގެ ލީޑަރުން އެކުގައި މަސައްކަތް ކުރުމަށް ނިންމައި 6 މެމްބަރުން އެކުލެވޭ ކޮމިޓީއެއް ވަނީ ނަގާފަ އެވެ.

ޕާޓީގެ ހިންގުމާއި ގުޅޭ ކަންކަމުގައި، ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއަށް ލަފާ ދިނުމަށް ނެގި ކޮމިޓީގައި ހިމެނެނީ ރައީސް ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި ރައީސް އަބްދުﷲ ޝާހިދާއި، ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް އެވެ.

އެމްޑީޕީގެ އެތެރޭގެ މައްސަލަ އެންމެ ފުރަތަމަ ހޫނުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދާއި ފައްޔާޒަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައި ވަނިކޮށް ފަހުވަގުތު އެޖެންޑާއަށް ބަދަލު ގެނައުމުންނެވެ. އެ މައްސަލައިގައި ދެބޭފުޅުން ވެސް ޖަލްސާއަށް ވަޑައިނުގެން، ޖަލްސާ ބޮއިކޮޓު ކުރެއްވި އެވެ.

އެއާއެކު، ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަގާމުން ވަކިކުރިއިރު، މިދިޔަ ބުދަ ދުވަހު ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 55 މެންބަރުންގެ ސޮޔާއެކު ވެސް ހުށަހެޅި އެވެ. ލީޑަރުންގެ މެދުގައި ކުރި މަޝްވަރާތަކަށް ފަހު އިބުރޭ އާއި މައުރޫފްގެ މަގާމު އިޔާދަކޮށް، ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށް ވަނީ ނިންމާފައެވެ.

ރައީސް ނަޝީދު އެމްޑީޕީގެ އެޑްވައިޒަރެއްގެ ގޮތުގައި ހަމަޖެއްސިއިރު، ރައީސް ސޯލިހަކީ ވެސް ޕާޓީގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: