ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ އިން ރާއްޖެ އައި ދިވެއްސަކު ކޮރޯނާއަށް ޝައްކުވެގެން އެކަހެރިކޮށްފި!

ރާއްޖެ ކޮރޯނާ އަށް ތައްޔާރު - އެޗްޕީއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްއަށް ޝައްކުވާ މީހަކު ރާއްޖެއިން ފެނިއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ އުމުރުން 20 އަހަރުގެ އެ ދިވެހި ފިރިހެން މީހާ މިހާރު ވަނީ ކ. ފުނަދޫގައި އެކަހެރިކުރެވިފައި ކަމަށެވެ.

އަމީން ވިދާޅުވީ، ޗައިނާގެ ޒިއާބިން ސިޓީން އޭނާ ރާއްޖެ އައީ ރޭގެވަގުތެއްގައި ކަމަށެވެ.

އެމީހާއާ ބެހޭ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.

އައިޖީއެމްއެޗުން އޭނާ ބެއްލެވި ޑޮކްޓަރު ޒިޔާން ވިދާޅުވީ، އޭނާ ރާއްޖެ އައި ފަހުން ބޭރަށް ގޮސްފައެއް ނުވާ ކަމަށާއި މާލެ އައި ގޮތަށް ހުރީ ކޮޓަރީގައި ކަމަށެވެ. އަދި އިތުރު ބަޔަކާ ބައްދަލުކޮށްފައި ނުވާ ކަމަށް ވެސް އޭނާ ބުނެއެވެ.

ޒިޔާން ވިދާޅުވީ، އޭނާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށާއި އަލާމާތަކަށް ފެނުނީ ރޯގާ އެކަނި ކަމަށެވެ. އަދި ލޭގެ ޓެސްޓް ހެދުމަށް ސާމްޕަލް ފޮނުވާފައި ވާކަމެވެ.

ވައިރަހަށް ޝައްކު ކުރެވޭ މީހާ އެއާޕޯޓުން ސްކްރީން ކުރި އިރު އޭނާގެ ގައިން ބަލީގެ އަލާމާތެއް ފެނިފައެއް ނުވެއެވެ. ރޯގާ ޖެހުނީ މާލެ އައި ފަހުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: