ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިގުރަށު އަލިފާނުގެ ހާދިސާ: އިދާރާތަކުން ޒިންމާ އަދާކުރިތޯ ބަލައިދޭން އެދި މައްސަލައެއް މަޖިލީހަށް!

ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ފަސް ބިދޭސީއަކު ނިޔާވި މައްސަލައިގައި، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފުރިހަމައަށް ޒިންމާ އަދާކޮށްފައިވޭތޯ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ދަންވަރު 2 ޖަހާކަންހާއިރު ދިގުރަށުގެ ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި މި ހާދިސާގައި ފަސް ބިދޭސީއަކު ނިޔާވެ، ދެ ބިދޭސީއެއްގެ ހާލު ސީރިއަސްވެ ފަރުވާ ދޭން ޖެހުނެވެ. އަދި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ހާދިސާ ހިނގި ބްލޮކުގައި 30 ބިދޭސީއަކު ދިރިއުޅެމުން ދިޔަ އެވެ. 30 އެއްހާ މީހުން ދިރިއުޅެމުން ދިޔައެވެ.

މައްސަލަ ހިނގި ގޮތް ބެލުމުގައި މުވައްސަސާތަކުން އަމަލު ކުރި ގޮތް ސާފުކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވައި ކުޑޫ ފޮނުވި ސިޓީގައި އެދިފައި ވަނީ ”ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ“ މެދުވެރިކޮށް މިކަމުގައި އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ބެލުމަށެވެ.

ކުޑޫ ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ، ރޯވި އިމާރާތަކީ ދިރިއުޅުމަށް ކުއްޔަށް ދިނުމުގެ ގަވާއިދުތަކާ އެއްގޮތަށް ހަދާފައިވާ ތަނެއްތޯ އާއި، މަރުވި ބިދޭސީންނަކީ ސައްހަ ވޯކް ޕާމިޓެއްގެ ދަށުން މަސައްކަތް ކުރަމުންދިޔަ ބައެއްތޯ ބަލައިދިނުމަށެވެ. އަދި އެ ތަނަކީ ”އެކްސްޕެޓްރިއޭޓް އެކޮމޮޑޭޝަން“ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްތޯއާއި، ބިދޭސީން ދިރިއުޅޭ ތަންތަން މޮނީޓާކުރުމުގެ ޒިންމާ އޮތް ޑިފެންސް މިނިސްޓްރީއާއި ކައުންސިލުން އެތަނުގެ މިންގަނޑުތައް ބަލާފައިވޭތޯ ސާފުކުރުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

މި މައްސަލައިގައި ދިގުރަށު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، ހާދިސާ ހިނގަން މެދުވެރިވީ ކައްކަން އުޅުމުގެ ތެރޭގައި ގޭސް ލީކުވެގެންކަމަށް ބެލެވެ އެވެ. އަދި ހާދިސާ ހިނގި ވަގުތު ގިނަ ބަޔަކު ތިބީ ނިދާފައެވެ.

މި ހާދިސާގައި އިމާރާތުގައި ނިޔާވި މީހުން ތާށިވެ، ނިކުމެވޭ ގޮތް ނުވީ އެ އިމާރާތުން ނުކުމެވެން ހުރި ހަމައެކަނި ދޮރު ހުރީ ބަދިގެއާ އިންވެގެން ކަމަށްވުމުން، އަލިފާންގަނޑު ރޯވުމުން އެ މީހުންނަށް ނިކުމެވޭނެ ގޮތެއް ނެތުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: