ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ

އާޝާ ބޯސްލޭ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ފިލްމީ ސިނަމާގައި އެންމެ ނުފޫޒުގަދަ އެއް ފަންނާނު ކަމުގައި ބެލެވޭ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ، އުމުރުން 92 އަހަރުގައި މަރުވެއްޖެ އެވެ.

އާޝާ ބޯސްލޭ މަރުވީ އުމުރުން ދުވަސްވުމުގެ ސަބަބުން ސިއްހީ ގޮތުން ދިމާވި ބައެއް އުނދަގޫތަކަށް ފަރުވާ ހޯދަމުން ދަނިކޮށް، އިންޑިއާގެ މުމްބާއީގައެވެ.

އޭނާ މަރުވިއިރު، އިންޑިއާގެ މިއުޒިކީ ދާއިރާއަށާއި ފިލްމީ އިންޑަސްޓްރީއަށް ވަނީ ނުހަނު ބޮޑު ހުސްކަމެއް އައިސްފައެވެ.

އާޝާ ބޯސްލޭއަކީ ހަތް ދިހަ އަހަރަށްވުރެ ދިގު މުއްދަތެއްގެ ކާމިޔާބު ކެރިއަރެއް ބިނާކޮށްފައިވާ ފަންނާނެކެވެ. އޭނާ ވަނީ ހިންދީ ފިލްމުތަކުގެ އިތުރުން އިންޑިއާގެ އެކި ބަސްބަހުންނާއި ބޭރުގެ ބައެއް ބަސްބަހުން އެތައް ހާސް ލަވައެއް ކިޔައިދީފައެވެ. ދުނިޔޭގެ އެންމެ ގިނަ ލަވަ ރެކޯޑުކުރި ފަންނާނުގެ ގޮތުގައި ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްގައި ވެސް އޭނާގެ ނަން ވަނީ ހިމެނިފައެވެ.

އޭނާގެ ކެރިއަރުގައި ”ޕަދްމާ ވިބޫޝަން“ ފަދަ އިންޑިއާގެ އެންމެ މަތީ ޝަރަފުވެރި އެވޯޑުތަކާއި، ގައުމީ ފިލްމީ އެވޯޑުތައް ވަނީ ހާސިލްކޮށްފައެވެ. އާޝާގެ ތަފާތު އަޑާއި، ކޮންމެ ކަހަލަ ލަވައެއްވެސް ކިޔުމުގެ ހުނަރުގެ ސަބަބުން އޭނާ ބެލެވިފައިވަނީ މިއުޒިކީ ދުނިޔޭގެ ލެޖެންޑެއްގެ ގޮތުގައެވެ.

އާޝާ ބޯސްލޭ މަރުވުމުން އިންޑިއާގެ ބޮޑުވަޒީރާއި، ފިލްމީ ތަރިންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ އެތައް މިލިއަން ސަޕޯޓަރުން ދަނީ ހިތާމަ ފާޅުކޮށް އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ. އާޝާއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރްގެ ކޮއްކޮކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: