އައްޑޫގައި އިކޯ ޓުއަރިޒަމް ތަރައްޤީކުރުމަށް އިންޑިއާއިން އެހީ ދިނުމަށް ނިންމައި އެއްބަސްވުމުގައި މިއަދު ސޮއި ކުރުމަށް ހަމަޖެހިއްޖެއެވެ.
މަޢިލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ހާއްސަ އެއްބަސްވުންތަކެއްގައި މިއަދު ސޮއި ކުރާނެއެވެ. އަދި އެއްބަސްވުންތަކުގައި ސޮއި ކުރުން މިއަދު މެންދުރުގެ ވަގުތެއްގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި އައްޑޫގައި އިކޯ ޓޫރިޒަމް ތަރައްޤީ ކުރުމަށް ބޮޑު އެހީއެއްް ދިނުމަށް ވެސް އެއްބަސްވެވޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި އެހީގެ ދަށުން އައްޑޫގައި އިކޯ ޓޫރިޒަމް ތަރައްޤީ ކުރުމަށް 5 ޓޫރިޒަމް ޒޯން ކަނޑައަޅައި، 3 ނެއިބަރހޫޑް މަސް ޕްރޮސެސް ކުރުމުގެ ޕްލާންޓް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، މިއެއްބަސް ވުމުގެ ދަށުން ކަނޑައެޅޭ ޓުއަރިޒްމް ޒޯންތައް ފަރުމާކުރެވޭނީ، އިޤްތިޞާދީ ހަރަކާތްތަކާއި ލާމަރުކަޒީ ވެރިކަމަމެއްގައި އައްޑޫގެ އިގްތިސާދު ކުރިއަށްދާނެ ގޮތަށެވެ. އަދި މީގެ ސަބަބުން އައްޑޫ އަކީ މި ސަރަހައްދުގެ އިޤްތިޞާދީ މައި ހަބަކަށްވުމުގެ އިތުރުން ފަތުރުވެރިކަމުގައި އަރާހުރި ސިޓީއަކަށް ވެގެންދާނެއެވެ.
އިންޑިއާގެ އެހީގައި އައްޑޫގައި 3 ގޭދޮށު މަސްފެކްޓަރީ އެޅުމަށް ވެސް ވަނީ ނިންމާފައެވެ.

