ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލެގޯ އެނިމޭޝަން ވީޑިއޯތަކެއްގެ މައްސަލާގައި ޔޫޓިއުބުން އީރާނަށް ތާއީދުކުރާ ގްރޫޕެއްގެ އެކައުންޓް ސަސްޕެންޑް ކޮށްފި

ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ލެގޯ ސްޓައިލްގެ އެނިމޭޝަން ވީޑިއޯތަކެއް ތައްޔާރުކޮށް އާންމުކުރަމުންދިޔަ އީރާނަށް ތާއީދުކުރާ ގްރޫޕެއްގެ ޔޫޓިއުބް އެކައުންޓް ސަސްޕެންޑް ކުރުމާ ގުޅިގެން، އީރާނު ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޔޫޓިއުބުން މި ފިޔަވަޅު އަޅާފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މަލާމާތްކޮށް، ”އީރާނަށް ކާމިޔާބު ލިބިއްޖެ“ ކަމަށް ބުނާ ވީޑިއޯއެއް އެ ގްރޫޕުން އާންމުކުރިތާ ހަފުތާއެއް ފަހުންނެވެ.

ޔޫޓިއުބް އެކައުންޓް ބަންދުކުރި ”އެކްސްޕްލޯސިވް މީޑިއާ“ ގްރޫޕުން ބުނި ގޮތުގައި، އެމީހުންގެ ޗެނަލް ބަންދުކުރީ ”ލޭއޮހޮރުވުމާއި އަނިޔާވެރިކަމަށް ހިތްވަރުދޭ ކޮންޓެންޓް“ ހުރި ކަމަށް ބުނެއެވެ. ނަމަވެސް އެ ގްރޫޕުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އެ ގްރޫޕުން އެކްސްގައި ކުރި ޕޯސްޓެއްގައި ސުވާލު އުފައްދާފައިވަނީ، ލެގޯ ސްޓައިލްގެ އެނިމޭޝަންތަކަކީ އަނިޔާވެރިކަމަށް ހިތްވަރުދޭ އެއްޗަކަށް ވާނީ ކިހިނެއްތޯއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެ ގްރޫޕްގެ އެހެން ސޯޝަލް މީޑިއާ އެކައުންޓްތަކަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، މިއީ އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ ހަގީގަތް އޮޅުވާލުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި ޕިކްސާ އާއި ޑިޒްނީ ފަދަ ބޮޑެތި އެނިމޭޝަން ކުންފުނިތައް ހުރި ގައުމަކުން، މިނިވަން އެނިމޭޝަން ޗެނަލެއް ބަންދުކޮށްލީ އެމެރިކާގެ އިސްތިއުމާރީ ސިޔާސަތުތައް ހާމަވާތީ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ބަގާއީ އިތުރަށް ވިދާޅުވީ މިއީ އެމެރިކާ ސަރުކާރުން ފަތުރާ ދޮގުތަކާ ދެކޮޅަށް އުފުލޭ އަޑުތައް ކަނޑުވާލުމަށް ކުރި ކަމެއް ކަމަށެވެ. އެކްސްޕްލޯސިވް މީޑިއާ އިން އުފައްދާފައިވާ ވީޑިއޯތަކުގައި ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް މަލާމާތްކޮށްފައިވެއެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހު އާންމުކުރި ވީޑިއޯއެއްގައި ޓްރަމްޕަކީ ބިރުގަންނަ މީހެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

އެހެން ވީޑިއޯއެއްގައި ޓްރަމްޕް ސިފަކޮށްފައިވަނީ ”އަހަރެން މިއީ ބަލިވި މީހެއް“ ކަމަށް ލިޔެފައިވާ ބޯޑެއް ހިފައިގެން ހުންނަ، ހަގީގަތާ ދުރު، ކުޑަކުދިން ފަދައިން ރުޅިއަންނަ މީހެއްގެ ގޮތުގައެވެ. މިފަދަ ވީޑިއޯތަކުން އެމެރިކާގެ ސިޔާސީ ލީޑަރުންނަށް ފާޑުކިޔުން އަމާޒުކުރެއެވެ.

މި ގްރޫޕަކީ އަމިއްލަ މިނިވަން ގްރޫޕެއް ކަމަށް ބުނި ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ އީރާނު ސަރުކާރާ ގާތް ގުޅުމެއް އޮންނަ ބައެކެވެ. އެމީހުން އުފައްދާ ވީޑިއޯތަކަށް ސޯޝަލް މީޑިއާގައި އެތައް މިލިއަން ވިއުސްއެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: