ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޑރ. މުއިއްޒުގެ ކެބިނެޓު އަލުން ހުވާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިން ވަޒީރު ކަމުގައި ނެތް ހަތަރު ބޭފުޅަކު ހިމަނައިގެން، އަލުން ކެބިނެޓު އެކުލަވައިލައިފިއެވެ.

މިއަދު ކެބިނެޓުގެ 10 ވަޒީރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަގާމުތަކަށް އަލުން ވަޒީރުން ވަނީ އައްޔަނު ކުރައްވާފައެވެ. މީގެތެރޭގައި އައު ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

އަލަށް އައްޔަނުކުރެއްވި ވަޒީރުން:

  • 1- މޫސާ ޒަމީރު – މިނިސްޓަ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް
  • 2-އަލީ އިހުސާން – މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ
  • 3-އިރުތިޝާމް އާދަމް – މިނިސްޓަ އޮފް ފޮރިން އެފެއާޒް
  • 4-ޑރ. އިސްމާއީލް ޝަފީއު – މިނިސްޓަ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް
  • 5-ގީލާ އަލީ – މިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ
  • 6-މުހައްމަދު ސައީދު – މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
  • 7-ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު – މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓް
  • 8-މުހައްމަދު އަމީން – މިނިސްޓަ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
  • 9-އަބްދުﷲ ރާފިއު – މިނިސްޓަ އޮފް ޔޫތު އެމްޕަވާމެންޓް، ސްޕޯޓްސް އެންޑް ފިޓްނެސް
  • 10-ހީނާ ވަލީދު – މިނިސްޓަ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު
  • 11-ޑރ. އަބްދުﷲ މުއްތޮލިބު – މިނިސްޓަ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް
  • 12-އަލީ ޝަރީފް – މިނިސްޓަ އޮފް ކްލައިމެޓް ޗޭންޖު، އެންވަޔަރްމެންޓް އެންޑް އެނާޖީ

ކެބިނެޓަށް ބަދަލުތައް ގެނެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: