ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުމާލުވީ ޝިދާތާ އެކަންޏެއް ނޫން، މުޅި ދައުލަތްވަނީ އިހުމާލުވެފައި: އިދިކޮޅު

ޝެއާރކޮށްލާ ކަހަލަދޯ؟

އަހުމަދު ހިޝާންގެ މައްޗަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކުގެ މައްސަލައިގައި އިހުމާލުވެފައިވަނީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އެކަންޏެއް ނޫން ކަށާއި އެމައްސަލައިގައި މުޅި ދައުލަތް އިހުމާލުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެންބަރުން ވިދާޅުވެއްޖެއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް، މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން އިދިކޮޅު މެންބަރުން ވިދާޅުވެފައިވަނީ ހިޝާނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުނު އިރުވެސް، އޭނާ އަށް އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން ދިނުމަކީ މުޅި ދައުލަތުގެ އިހުމާލެއް ކަމަށެވެ.

ކުއްލި މައްސަލައިގެ ބަހުޘްގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މި މައްސަލައިގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ މުޅި ގައުމު ފޭލްވަމުންދާ ތަން ކަމަށާއި އެހެން އެކަންތައް ކުރި އެއް ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

”ހިތާ ނުވާ ވަޒީރަކަށް ރުހުން ދިނީ ވެސް މި މަޖިލީހުން. ހިތާނުވާ ވަޒީރަކަށް، އެ ވުޒާރާގައި ނެތް ބާރުތަކެއް ދިނީ ވެސް މި މަޖިލީހުން. މިއަދު އެ ކަމަނާގެ އިސްތިއުފާ އަށް ގޮވައި މި ހައްދަވާ ބޭފުޅުން“ ޝިޔާމް ވިދާޅުވި އެވެ.

null

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ހިޝާންގެ މައްސަލައިގައި ޖެންޑާ މިނިސްޓްރީ ހިމެނޭ ގޮތަށް ކުޑަކުދިންގެ މައްސަލަތައް ބެލުމަށް އޮތް ހުރިހާ މުއައްސަސާއަކުން ވަނީ މިކަމަށް އިހުމާލުވެފައި ކަމަށެވެ.

މި މައްސަލައިގައި ފިޔަވަޅު އަޅަން ޖެހޭނީ ހަމައެކަނި ޝިދާތާ އަށް ނޫން ކަމަށާއި މިކަމުގައި ޝާމިލްވާ ހުރިހާ އެންމެންނަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

”މި ވަރުގެ ބޮޑެތި މައްސަލަތައް ހިނގަމުން ދާއިރު، ދައުލަތުގެ އެހެން މުއައްސަސާތަކުން މިކަމާ ގުޅިގެން އަޅުއްވަން ޖެހޭ ފިޔަވަޅު އަޅުއްވަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. ކުއްޖެއްގެ ހައްގުތައް ރައްކާތެރި ކުރުމާ ގުޅުން ހުރި ހުރިހާ މުއައްސަސާ އަކުން މީގައި އިހުމާލު ވެފައި މި އޮތީ،“ އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖްލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ގިނަ މެމްބަރުން ގޮވައިލެއްވީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމަށެވެ. އިސްތިއުފާ ނުދެއްވާ ނަމަ އޭނާ މަގާމުން ވަކިކުރަން ވެސް ބައެއް މެމްބަރުން ސަރުކާރަށް ގޮވައިލެއްވި އެވެ.

ޖަލްސާއަށްފަހު ބޭއްވި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގައި ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް އެ މަގާމުގައި ހުންނަން ނުފެންނަ ކަމަށާއި ޝިދާތާ ޝަރީފުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުންވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: