ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަހުގީގު ހިންގަނީ މޭޔަރު ކަމަށް ކުރިމަތިލާން އުޅޭތީ ބިރުން: މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ”ހިޔާ“ ފްލެޓުތައް ދޫކުރި ގޮތާ ގުޅިގެން ޖިނާއީ ތަހުގީގެއް ކުރުމަށް މާލެ ސިޓީ ކައުންސިލުން ފުލުހަށް މައްސަލައެއް ހުށަހަޅަން ނިންމީ މާލޭގެ މޭޔަރު ކަމަށް ކުރިމަލަފާނެތީ އެކަމާ ބިރުން ކަމަށް ކުރީގެ ހައުސިން މިނިސްތަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

މުއިއްޒު މިހެން ވިދާޅުވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހިންގި ”ހިޔާ“ މަޝްރޫއުގެ ދަށުން ފްލެޓު ދިން ގޮތާއި ގުޅިގެން މުއިއްޒު އާއި އެކަމުގައި ހިމެނޭ އެހެން ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން މާލޭ ސިޓީ ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ފާސްކުރުމުންނެވެ.

މިކަމާ ގުޅިގެން ރޭ ޕީޕީއެމް/ޕީއެންސީން ގުޅިގެން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ މި ތަހުގީގުތައް ހިންގަން އުޅެނީ މާލޭގެ މޭޔަރު ކަމަށް އޭނާ ކުރިމަތިލާފާނެތީ ބިރުން ކަމަށެވެ.

މީގެއިތުރުން މުއިއްޒު ވަނީ މާލޭ މޭޔަރު ކަމަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފިނަމަ ކިހާ ވަރެއް ވާނެތޯ ވެސް ސުވާލު ކުރައްވާފައެވެ. އަދި ކިތަންމެ ބޮޑު ތުހުމަތެއް އޭނާގެ ބޮލުގައި އެޅުވި ނަމަވެސް އަދި ބޭއިންސާފުން ބޮޑު އަދަބެއް ދިން ނަމަވެސް ދީނާއި ގައުމުގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި ފަހަތަށް ނުޖެހި ސާބިތުކަމާއެކު ހުންނަވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ފުރަތަމަ ފަހަރަށް އާންމުކޮށް ހުޅުވާލައިގެން މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި އެ ކައުންސިލުން ވަނީ ހިޔާ މަޝްރޫއާ ގުޅޭ ބައެއް ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އެގޮތުން ހިޔާ މަޝްރޫއުގެ 7000 ފްލެޓު ދޫކޮށްފައި ވަނީ އޭގެ ހައްގުވެރިންނަށްތޯ ކަށަވަރު ކުރުމަށާއި އެ ފްލެޓުތަކުގެ ހައްގުވެރި ފަރާތްތަކަށް ލިބިދެވޭނޭ ގޮތެއް ހޯދުމަށް ސަރުކާރުން މިހާތަނަށްކޮށްފައި ހުރި މަސަައްކަތްތަކަކީ ކޮބައިކަން ބަލަން އެ ކައުންސިލުން ނިންމި އެވެ.

އޭގެ އިތުރުން  މުއިއްޒު އާއި ކުރީ ސަރުކާރުގައި އެ މަސައްކަތުގައި އިސްކޮޅު އުޅުއްވި ބޭފުޅުން ހިޔާ ފްލެޓުތައް ދޫކުރުމުގެ މަސައްކަތް ކޮށްފައި ހުރި ގޮތާމެދު ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

މާލެ ސިޓީ ކައުންސިލް ބައްދަލުވުމުގައި އިތުރަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހުޅުމާލޭ ބިމުގެ މައްޗަށް މާލެ ސިޓީ ކައުންސިލްގެ އިހްތިސާސް ހިންގޭނެތޯ ގާނޫނީ ރައުޔެއް ހޯދުމާއި މާލޭގައި ޕާކިން ޒޯންތައް ހެދޭނެ ސަރަހައްދުތައް ކަނޑައެޅުމަށްޓަކައި ކުރަން ޖެހޭ ދިރާސާތައް 30 ދުވަހުގެ ތެރޭގައި ނިންމައި އަމަލީ މަސައްކަތް ފެށުން ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: