މާލެގައި ކޮންމެ ހަފުތާ ބަންދަކު ކުރިއަށް ގެންދާ ”ހަފުތާ ރެސް“ ގެ ހަރަކާތްތައް އެހެން ރަށްރަށުގައި ވެސް ބާއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.
މަހުޅުފް މިހެން ވިދާޅުވީ، މިދިޔަ ހަފުތާ ބަންދުގައި ރ. އަލިފުށީގައި ކުރިއަށް ގެންދިޔަ ހަފުތާ ރެސް ގެ ހަރަކާތްތަކާ ގުޅޭ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ، އެ ރަށުގައި ކުޑަކުދިންގެ ހަވީރަކާއި މުނިފޫހިފިލުވުމުގެ ސްޓޭޖް ޝޯއެއް ބާއްވާފައިވާ ކަމަށެވެ. އޭގެ އިތުރަށް، ޒުވާނުންނަށް ހުނަރު ދަސްކޮށްދިނުމުގެ ތަމްރީން ހަރަކާތްތަކަކާއި މަޝްވަރާ ބައްދަލުވުންތަކެއް ވެސް ބާއްވާފައިވާ ކަމަށެވެ.
https://twitter.com/AhmedMahloof/status/1226409690705223680
މި ސަރުކާރުގެ ފުރަތަަމަ 100 ދުވަހުގެ ތެރޭގައި، ހުޅުމާލޭގައި ވަނީ 69 ސްޓޯލަކާއިއެކު ”ހަފުތާ ރެސް“ ގެ ނަމުގައި ބޮޑު ހަރަކާތެއް ބާއްވަފަ އެވެ.
ހުޅުމާލޭގައި އޭރު ބޭއްވި އެ ހަރަކާތަަށް ފަހު ސަރުކާރުން ނިންމާފައި ވަނީ، ކޮންމެ ހަފުތާ ބަންދެއްގައި ރާއްޖޭގެ އެކިއެކި ރަށްރަށުގައި މި ޕްރޮގްރާމް ކުރިއަށް ގެންދާ ގޮތަށެވެ. ނަމަވެސް، އެކަން ގޮއްސަފައި އޮތީ ”ފެނަށެވެ.“
މާލޭގައި، ބާއްވާ ހަފުތާ ރެސްގެ ހަރަކާތްތަކަށް ބޮޑު ތަރުޚީބެއް ލިބޭކަން ފާހަގަކޮށްލެވެއެވެ.

