ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯނޑެއްދޫ ފިޝަރީޒް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށިފައި ނުވާތީ ހޮރައިޒަން ފިޝަރީޒް އަށް ފިޔަވަޅު އަޅަނީ!

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަޖިލީހުގައި ވާހަކަދައްކަވަނީ ---- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ހޯނޑެއްދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އެޅުމަށްޓަކައި ހަވާލުކުރި ހޮރައިޒަން ފިޝަރީޒް އިން އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާތީ، އެ މައްސަލަގާއި ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ލަފައަކަށް އެދި އެޓާނީ ޖެނެރަލް (އެޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މެންބަރު ފިރުޝާންގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޮރައިޒައިންއާ އެކު ކޮށްފައި ވަނީ އެންމެ މުއާމަލާތެއް ކަމަށެވެ. އެއީ އެ ފިޝަރީޒް ކޮމްޕްލެކްސްގެ މަޝްރޫއުގެ ވޯކްޕްލޭން އިސްލާހުކޮށް ފޮނުވައި ދިނުމަށް 10 ފެބްރުއަރީ 201ަ6 ަގައި ފިޝަރީޒް މިނިސްޓްރީން އެ ކުުންފުންޏަށް އަންގަން ފޮނުވި މުއާމަލާތް އެކަނި ކަމަށެވެ.

މި ސަރުކާރު އައި ފަހުން، މައްސަލަ ހައްލު ކުރުމުގެ ގޮތުން ހޯނޑެއްދޫއަށް މިނިސްޓްރީގެ ޓީމެއް މިދިޔަ އަހަރުގެ އޭޕްރީލް މަހު ގޮސް، ޒިޔާރަތް ކުރި ކަމަށާއި އަދި ފިޝަރީޒް ކޮންޕްލެކްސް ހެދުމަށް އެއްވެސް ހުަރަހެއް ނެތް ކަމަށެވެ.  އަދި އެ މަސައްކަތް ގެންދަން ކުންފުނިން ވޯކް ޕްލޭން ހުށަހަޅަން އެދުނު ކަމަށާއި ނަމަވެސް ކުންފުނީގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް ޒަހާ ވިދާޅުވި އެވެ.

”މަސައްކަތުގެ ވޯކް ޕްލޭނެއް އެކުވަލާއި އޭގައިވާ ގޮތުގެ މަތިން މަސައްކަތް ގެންދިއުމަށް ފަރާތަށް ވާނީ އަންގާފައި.“ ޒަހާ ވިދާޅުވި އެވެ.

ޒަހާ ވިދާޅުވީ، ސަރުކާރުގެ ކެބިނެޓްގެ އިކޮނޮމިކް ކައުންސިލަށް މިފަދަ މައްސަލަތައް މިނިސްޓްރީގެ ފަރާތުން ހުށަހެޅުމުން މަޝްވަރާ ކޮށްގެން ހައްލެއް ނުލިބެއްޖެނަމަ، ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އެ ކައުންސިލުން ލަފާ ދީފައިވާ ކަމަށެވެ. އެ ކައުންސިލްގެ ލަފައާ އެއް ގޮތަށް ހޮރައިޒަންއަށް ފިޔަވަޅު އަޅަން އޭޖީ އަށް ފޮނުވާފައިވާ ކަމަށެވެ.

ހޯނޑެއްދޫގައި ފިޝަރީޒް ކޮމްޕްލެކްސް އެއް ގާއިމު ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސް ކުންފުނި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް އާއި ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 8 ޑިސެމްބަރު 2005 ގަ އެވެ. އެ އެއްބަސްވުމުގެ ދަށުން ހޯނޑެއްދޫން 13 ހެކްޓަރުގެ ބިމެއް ވެސް އެ ކުންފުންޏަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވެ އެވެ.

”އިކޮނޮމިކް ކައުންސިލްގެ ލަފާ އާއި އެއް ގޮތަށް މަޝްވަރާކޮށް ކުރިއެރުމެއް ލިބިފައި ނުވާތީ އެއްބަސްވުމުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މިހާރު ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިފައި.“ މިނިސްޓަރު ޒަހާ ވިދާޅުވި އެވެ.

މި މައްސަލަގާއި ހޮރައިޒަން އިން އެއްބަސްވުމާ ހިލާފުވެފައިވޭތޯ މެންބަރު ސުވާލު ކުރައްވާފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކުރެއްވުމުން ވެސް މިނިސްޓަރު ސީދާ ޖަވާބެއް މިނިސްޓަރު ނުދެއްވަ އެވެ. ވިދާޅުވީ، އެ މައްސަލަ އޮތީ އެޖީއަށް ފޮނުވާފަ އެވެ. އަދި އެ ގޮތަށް ފޮނުވީ، ސަރުކާރުން އުއްމީދު ކުރާ ހިސާބަށް މަސައްކަތް ކޮށްފައި ނުވާތީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: